އައްޑޫ ސިޓީ ޕޮލިސްއިން ތަހުޤީޤު ކުރަމުންދާ މާރާމާރީ މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ، ޚަރީފީގެ، ޢަބްދުﷲ ނަވީދު (23އ) އެވެ.
ޢަބްދުﷲ ނަވީދު ހޯދަމުންދަނީ 2017 ޖެނުއަރީ 13 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫގައި ހިންގި މާރާމާރީއަކާއި ގުޅިގެން އެ މައްސަލައިގެ ތަހުޤީޤަށެވެ.
ވީމާ ޢަބްދުﷲ ނަވީދު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791612 ނުވަތަ އައްޑޫ ސިޓީ ޕޮލިސްގެ އިންވެސްޓިގޭޝަން ޑިއުޓީ ނަމްބަރު 9796240 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.