ހިތަދޫގައި މިއަދު ހަވީރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ ބޮޑު މަގުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ މަގުން ހިގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ. މި ހާދިސާގައި އަނިޔާވި ދެމީހުންގެ ތެރެއިން އެކަކީ ބިދޭސީއެކެވެ.

މި ހާދިސާގައި ދެމީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާ އިރު ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.