Last Updated: July 27, 18:03
Tuesday, July 28, 2026
ސިޔާސީ

ޗައިނާ ސަފީރުގެ ދައުވަތަކަށް ސޯބެ މާލެ އަށް

ސޯބެ ކަންމަތީ ބައްދަލުވުމުގައި. ފޮޓޯ: އަސްލަމް ޕޭޖް

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ފޫކަންގެ ޚާއްސަ ދައުވަތަށް ކުރައްވާ ދަތުރުފުޅެއްގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) މާލެ ވަޑައިގެންފިއެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ މުހައްމަދު ލުތުފީ ވިދާޅުވި ގޮތުގައި ސޯބޭގެ ދަތުރުފުޅަކީ، އައްޑޫ ސިޓީ އާއި ޗައިނާގެ ސިޓީ އޮފް ހުއިޒޯ އާ ދެމެދު ސިސްޓަރ ސިޓީ ރިލޭޝަންޝިޕް ގާއިމު ކުރުމާ ގޮތުން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ޗައިނާ އެމްބަސީގައި ބާއްވާ އެ ބައްދަލުވުން އޮންނާނީ މިއަދު ހެނދުނު 10:00 ގައެވެ.

މޭޔަރުގެ ދަތުރުފުޅުގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ އަދި ޑިރެކްޓަރ މުހައްމަދު ސައުދީ ހަސަން ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.