Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ކުޑަކަމުދާ ތަކެތި ދޭން އިންކާރު ކުރި މީހަކު ދެ އަަރަށް ޖަލަށް

ހުޅުމީދޫގައި ފުލުހުންގެ ވެހިކަލެއް ހަރަކާތެރި ވަނީ. ފޮޓޯ/ ހުޅުމީދޫ ޕޮލިސް

މަސްތުވާތަކެތީގެ މައްސަލައެެެއްގައި ހައްޔަރު ކުރި މީހަކު ކުޑަ ކަމުދާ ތަކެތި ދޭން އިންކާރު ކުރުމުން ދެ އަހަރަށް ޖަލަށް ލުމަށް ސ. ހުޅުދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލާގައި ހުކުމްކޮށްފައި ވަނީ ސ. ހުޅުދޫ ގުލްޝަނީގެ އަހުމަދު މުނާފިސް، 20، ގެ މައްޗަށެވެ.

އޭނާ ޖަލަށް ލުމަށް ބުރާސްފަތި ދުވަހު ހުކުމްކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި މެއި 20، 2012 ވަނަ ދުވަހު ގަން ޕޮލިސް ސްޓޭޝަނަށް ގެންގޮސް ކުޑަކަމުދާ ތަކެތި ހޯދަން ފުލުހުން އެދުމުން އެކަމަށް އިންކާރު ކުރުމުންނާއި 1 ފެބްރުއަރީ 2013 ވަނަ ދުވަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމީދޫ ޕޮލިސްސްޓޭޝަނަށް ހާޒިރުކޮށް ކުޑަކަމުދާ ތަކެތި ހޯދަން ފުލުހުން އެދުމުން އެކަމަށް އިންކާރުކޮށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގަ އެވެ.

ޝަރީއަތުގައި މުނާފިސް ވަނީ ވަނީ ފުލުހުން ކުޑަކަމުދާ ތަކެތި ހޯދަން އެދެމުން ދީފައި ނުވާ ކަމަށް ޝަރީއަތުގައި އެއްބަސްވެފަ އެވެ.

މި މައްސަލާގައި މުނާފިސް މައްޗަށް މިއަދު ހުކުމްކޮށްފައި ވަނީ އަލަށް އަމަލުކުރަން ފަށާފައިވާ މަސްތުވާތަކެތީގެ ގާނޫނުގެ 123 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނެވެ.