ހަނގުރާމަވެރި ހަތިޔާރު އެތެރެކުރިކަމުގެ ކުށް ސާބިތުވެ ޖަލަށް ލެވުނު ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް ދޫކޮށްލުމަށް ކުރީގެ ދިވެހި ރާއްޖޭގެ ވެރިކަން ކުރެއްވި ދެ ރައީސުން ކަމަށްވާ، މައުމޫން އަބްދުލް ގައްޔޫމް އަދި މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް މައުމޫން އަދި ރައީސް ނަޝީދު މިގޮތަށް ގޮވާލައްވާފައިވަނީ އ.ދގެ ވޯކިން ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަން އިން ކާނަލް ނާޒިމް ހައްޔަރުކޮށްފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށް ނިންމެވުމާއި ގުޅިގެންނެވެ.
އެގޮތުން ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އ.ދގެ ވޯކިން ގްރޫޕުން ނިންމެވި ނިންމުމަށް ބޯލަނބައި ވަގުތުން ސަރުކާރުން ނާޒިމް މިނިވަން ކުރެއްވުމަށެވެ.
I call on Maldives government to release Col Nazim immediately on the basis of the opinion of the working group of UN human rights council.
— Maumoon Abdul Gayoom (@maumoonagayoom) January 27, 2017
ރައީސް ނަޝީދު ވަނީ 2015 ވަނަ އަހަރު ފެބްރުއަރީ 21 ވަނަ ދުވަހު އެމަނިކުފާނު ނާޒިމް ފްރޭމް ކުރެވި ޖަލަށް ލެވިފައިވުމުން ވަގުތުން މިނިވަން ކުރެއްވުމަށް ގޮވާލެއްވި ޓުވީޓާއި ހަވާލާދީފައި އަނެއްކާވެސް ނާޒިމް މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
When Col. (Rtd) Nazim was arrested, I said he was framed. Today, the UNWGAD agrees. Nazim must be released immediately. https://t.co/JxsUiMlb50
— Mohamed Nasheed (@MohamedNasheed) January 26, 2017
ކާނަލް ނާޒިމް މިނިވަން ކުރެއްވުމަށް އ.ދ އިންވެސް ގޮވާލާފައިވިނަމަވެސް ދިވެހި ސަރުކާރުން އަދި އެކަމާއި ބެހޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ.