Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

މޭކަޕް އާޓިސްޓް ރިޒްނާ އައްޑޫ ސިޓީ އަށް އަންނަނީ! ތައްޔާރުތަ؟

މޭކަޕް ކުރުމުގައި ވަރަށް ފުންނާބު އުސް އާޓިސްޓެއް ކަމަށްވާ ރިޒްނާ އައްޑޫ ސިޓީގައި މޭކަޕް ކޯހެއް ހިންގާ ގޮތަށް ހަމަޖެހިއްޖެއެވެ.

އަންނަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ބޭސިކް މޭކަޕް ކޯސް އޮންނާނީ އައްޑޫ ހައި ސްކޫލްގައެވެ. ކޮންމެ ދުވަހަކުވެސް ތިން ގަޑިއިރަށް މިކޯސް ދެމިގެންދާނެއެވެ.

އެގޮތުން މިކޯހުގައި ދަސްކޮށް ދިނުމަށް ހަމަޖެހިފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި މޭކަޕް ކިޓް އިންތިޒާމް ކުރުން، ފައުންޑޭޝަން/ ކޮންސީލާ /ކޮންޓުއާ އަދި ހައިލައިޓް ކުރުން، ބުމަ ހެދުން، ތުންފަތުގެ ތަފާތު ކުލަތަކާއި އެކުލަތައް ލާނެ ގޮތްތައް، އާދައިގެ މޭކަޕް، ސްމޯކީ އައި މޭކަޕް، ބްރައިޑަލް (ކައިވެންޏަށް ތައްޔާރުވާ) މޭކަޕް ހިމެނެއެވެ. މީގެ އިތުރުންވެސް މޭކަޕް ކުރުމުގައި ބޭނުން ކުރެވިދާނެ ތަފާތު އުކުޅުތައް ކޯހުގެ ބައިވެރިންނަށް ދަސްކޮށް ދެވޭނެއެވެ.

މިކޯހުގެ ފީގެ ގޮތުގައި ހަމަޖެހިފައި ވަނީ 2،500 ރުފިޔާއެވެ. މޭކަޕް ކުރާ ސާމާނު ބައިވެރިން އަމިއްލައަށް ގެނައުމުގެ އިޚްތިޔާރު ދީފައިވާއިރު، ކާމިޔާބު ކަމާއި އެކީ ކޯސް ނިންމާ ބައިވެރިންނަށް ސެޓުފިކެޓް ދެވޭނެއެވެ.

މިކޯހާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް 7466600 ފޯން ނަމްބަރާއި ގުޅާލުމުން ލިބިގެންދާނެއެވެ. އަދި ރިޒްނާގެ ފޭސްބުކް ޕޭޖް އާއި އިންސްޓަގްރާމް އެކައުންޓް އިން ވެސް ކޯހާއި ބެހޭ މަޢުލޫމާތާއި ރިޒްނާގެ މަސައްކަތްތައް ފެނިގެންދާނެއެވެ.