ދިރާގުން އެކުންފުނީގެ ކަސްޓަމަރުންނަށް އަމާޒް ކޮށްގެން ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެގޮތުން ދިރާގުގެ ޕަވާ ޑޭޓާ ޕްލޭންތައް އެކްޓިވެޓް ކުރާ ހުރިހާ ފަރާތްތަކަށްވެސް މިޕްރޮމޯޝަންގެ ދަށުން 50 އިންސައްތަ ޑޭޓާ އިތުރަށް ލިބޭނެއެވެ. މިޕްރޮމޯޝަންގައި ދިރާގުގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ބައިވެރި ވެވޭނެއެވެ.
ދިރާގުން މަޢުލޫމާތު ދޭގޮތުގައި ކޮންމެ ޕަވާ ޑޭޓާ ޕްލޭންއެއް އެކްޓިވޭޓް ކުރިއަސް، އިތުރު އެއްވެސް ޗާޖަކާއި ނުލައި އެޕްލޭންގެ ދަށުން ލިބޭ ޑޭޓާގެ އިތުރަށް އޭގެ 50 އިންސައްތަ ޑޭޓާ ހިލޭ ލިބިގެން ދާނެ ކަމަށެވެ.
ދިރާގުން ކުރިއަށް ގެންދާ މިޕްރޮމޯޝަންގައި 99 ރުފިޔާގެ ޕްލޭންއަށް 500 އެމްބީ ޑޭޓާ ލިބިގެންދާއިރު 199 ރުފިޔާގެ ޕްލޭނަށް ޖުމްލަ 2 ޖީބީ ޑޭޓާ ލިބޭނެއެވެ. އަދި 249 ރުފިޔާގެ ޕްލޭންއަށް 3 ޖީބީ ޑޭޓާ، 349 އަށް 5 ޖީބީ، 549 އަށް 8ޖީބީ އަދި 949 ރުފިޔާގެ ޕްލޭންއަށް ޖުމްލަ 15 ޖީބީގެ ޑޭޓާ އެލަވަންސް އެއް ލިބިގެން ދާނެއެވެ.
އިއްޔެއިން ފެށިގެން ކުރިއަށް ގެންދާ މިޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ.