Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

ހެޑްސެޓަކާއި ކަލްކިއުލޭޓަރެއް ވަގަށް ނަގައިގެން ޖަލަށް

މާލޭގެ ގެއަކުން ހެޑްސެޓަކާއި ކަލްކިއުލޭޓަރެއްގެ އިތުރުން އެހެނިހެން ބައެއް ތަކެތި ވަގަށް ނެގި މީހަކު އެއް އަހަރާއި ނުވަ މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ގދ. ހޯޑެއްދޫ / ޝަބްނަމީގެ މުހައްމަދު ސައީދު، 12 ފެބްރުއަރީ 2012 ވަނަ ދުވަހުގެ ފަތިހު 04:00 ހާއިރު ގ. ގްރޯތު އިން ފޯނަކާއި، ކަލްކިއުލޭޓަރަކާއި، ހެޑްސެޓަކާއި، ޕެންޑްރައިވް އަކާއި އެހެނިހެން ބައެއް ތަކެއްޗާއި ފައިސާތަކެއް ނަގާފައިވާކަން އޭނާގެ އަމިއްލަ އިއުތިރާފުން ކޯޓަށް ސާބިތުވާ ކަމަށް، ކޯޓުން އިއްވި ޙުކުމްގައި ވެއެވެ.

ވީމާ، ވައްކަން ކުރުމުގެ ކުށުން މުހައްމަދު ސައީދު ކުށްވެރިވެ، އޭނާ 1 އަހަރާއި 9 މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރާ ކަމަށް ޙުކުމުގައި ވެއެވެ.