Last Updated: June 12, 02:23
Thursday, June 11, 2026
ވިޔަފާރި

ޗެކުން ފައިސާ ދެއްކޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި: އެސްޓީއޯ

އެސްޓީއޯ ހުޅުމީދޫ ފިހާރަ: މި މަހުގެ 28 އިން ފެށިގެން ޗެކުން ފައިސާ ދެެއްކޭނީ ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް. ފޮޓޯ/ ޒުހުރީ

އެސްޓީއޯ އައްޑޫގެ ފިހާރަތަކުން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ޗެކުން ފައިސާ ދެއްކޭނީ، ޗެކުން ފައިސާ ދެއްކުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓިއޯ އިން ނެރެފައިވާ ނޯޓިހެެއްގައި ބުނެފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ޗެކުން ފައިސާ ދެއްކޭނީ އެސްޓީއޯ އިން ކަނޑައަޅާފައިވާ އުސޫލްގެ މަތިން ޗެކުން ފައިސާ ދެއްކުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

އެސްޓީއޯ އިން ބުނީ ޗެކުން ފައިސާ ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމަށް ދޫކުރާ "ޗެކް ބަލައި ގަތުމަށް އެދޭ ފޯމް" އެސްޓީއޯގެ ފިހާރަތަކުގެ ކައުންޓަރުން ލިބޭނެ ކަމަށެވެ.

އެސްޓީއޯގެ ހަތަރު ފިހާރައެއް އައްޑޫގައި ހިންގަ އެވެ. އެއީ ފޭދު އާއި މަރަދޫފޭދޫގެ އިތުރުން ހިތަދު އާއި ހުޅުމީދޫގަ އެވެ.