Last Updated: June 30, 21:19
Tuesday, June 30, 2026
ކުޅިވަރު

ވެންގާ ހަތަރު މެޗަށް ސަސްޕެންޑް ކޮށްފި

ފޮޓޯ: މައިކް އެގާޓަން - ޒޫމާ ޕްރެސް

ޕްރިމިއާ ލީގުގެ މި ސީޒަންގައި އެންމެ ބޮޑު އަދަބެއް ދެވުނު އެކަކަށް އާސެނަލްގެ މެނޭޖަރު އާސެން ވެންގާ ވެއްޖެއެވެ.

އެގޮތުން ހުކުރު ދުވަހު ކުޅުނު މެޗުގައި ވެންގާގެ ކިބައިން ފެނުނު ނޭދެވޭ އަޚްލާޤީ މައްސަލަތަކެއްގެ ސަބަބުން އިނގިރޭސިވިލާތުގެ ފުޓްބޯޅާ އެސޯސިއޭޝަން އިން ވަނީ ވެންގާ ހަތަރު މެޗަށް ސަސްޕެންޑް ކުރުމަށް ނިންމާފައެވެ.

އެމެޗަކީ އާސެނަލް 2-1 ގެ ނަތީޖާއަކުން މޮޅުވި މެޗެއްވެސް މެއެވެ. އެމެޗުގެ ރެފްރީއާއި ހަޑިހުތުރުކޮށް ވާހަކަ ދެއްކުމުގެ އިތުރުން ވެންގާ ވަނީ ހަތަރުވަނަ އޮފިޝަލް އާއިވެސް ޒުވާބު ކޮށްފައެވެ.

މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ވެންގާ ވަނީ މެޗުގައި އޭނާގެ ކިބައިން ފެނިގެންދިޔަ ކަންތައްތަކާއި މެދު ހިތާމަކުރާ ކަމަށް ބުނެ އެކަންތައްތަކަށް މަޢާފަށް އެދިފައެވެ.

އެހެންނަމަވެސް، ހަތަރު މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން އިނގިރޭސިވިލާތުގެ އެފްއޭ އިން ވަނީ ވެންގާ 25،000 ޕައުންޑް އަށް ޖޫރިމަނާވެސް ކޮށްފައެވެ.

އެހެންކަމުން އެފްއޭ ކަޕްގައި މިރޭ ސައުތުހެމްޓަން އާއި ދެކޮޅަށް އާސެނަލް ކުޅޭ މެޗާއި ޕްރިމިއާ ލީގުގައި ވޮޓްފޯޑް، ޗެލްސީ އަދި ހަލް ސިޓީ އާއި ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗުތަކުގައިވެސް ވެންގާ ބައިވެރިއެއް ނުވާނެއެވެ.ޕޕް