Last Updated: June 27, 20:02
Saturday, June 27, 2026
ދުނިޔެ

ސީރިޔާ ރެފިއުޖީންނަށް އެމެރިކާއިން ޖާގައެއް ނެތް!

އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމަށް ހަފްތާއެއް ފުރުނުއިރު ސީރިޔާގެ ރެފިއުޖީން އެގައުމަށް ވަނުން މަނާކޮށްފިއެވެ.

ޓްރަމްޕުގެ "އިސްލާމިކް ޓެރަރިޒަމް" ނައްތާލުމުގެ ސިޔާސަތުގެ ދަށުން މިހާރު ވަނީ ވަކި ގޮތެއް އަންގަންދެން ސީރިޔާގެ އެއްވެސް ރެފިއުޖީއެއް އެގައުމަށް ވަނުން މަނާކޮށްފައެވެ.

ޓްރަމްޕުގެ މިނިންމުން ވަކި މުއްދަތެއް ކަނޑައެޅުމެއް ނެތި ނިންމާފައިވާއިރު އެމެރިކާގެ ރެފިއުޖީ ޕްރޮގްރާމްވެސް ވަނީ ހަތަރު މަހަށް ހުއްޓާލުމަށް އަމުރުކޮށްފައެވެ.

މީގެ އިތުރުން އޭނާގެ އެންޓި-އިސްލާމިކް ޓްރަރިޒަމް ކެމްޕެއިނުގައި ބައެއް މުސްލިމު ގައުމުތަކުގެ ރައްޔިތުން އެމެރިކާއަށް ދިއުންވެސް މަނާކޮށްފައިވެއެވެ. އިރާގް، ސީރިއާ، އިރާން، ލީބިޔާ، ސޯމާލިއާ، ސޫދާން އަދި ޔަމަނުގެ ރައްޔިތުންނަށް އެމެރިކާއަށް ވަނުން މިހާރު ވަނީ މަނާކުރެވިފައެވެ.

މުސްލިމުންނާއި އިމިގްރެންޓުންނާއި މެދު ހަރުކަށި ސިޔާސަތެއް ގެންގުޅޭ ޓްރަމްޕް ވަނީ އެމެރިކާ ވަށައިގެން ފާރު ރޭނުމުގެ މަސައްކަތްވެސް މިހާރު ފަށާފައެވެ. އޭނާގެ މިއަމަލުތަކުގެ ސަބަބުން ގިނަބަޔެއްގެ ނުރުހުމާއި ފާޑުކިޔުންތައް މެދުނުކެނޑި ދަނީ އަމާޒުވަމުންނެވެ.