މިއަދު މެންދުރު އައްޑޫ ސިޓީގެ މަރަދޫފޭދޫ ބޮޑު މަގުގައި ހިނގި އެކްސިޑެންޓެއްގައި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް މަރަދޫފޭދޫ ދަނޑުގެ ތެރެއަށް ވަދެ، ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ޒުވާނާއަށް ފަރުވާ ދެމުން ދަނިކޮށް ދެންމެ މަރުވެއްްޖެއެވެ.
މަންޒަރު ދުށް ފަރާތަކުން "އައްޑޫލައިވް" އަށް ކިޔާ ދީފައިވާގޮތުން ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލު ކޮންޓްރޯލް ނުވެ ޖެހިފައިވަނީ މަރަދޫ ފޭދޫ ދަނޑުގެ އަރިމަތީގައި ޖަހާފައިވާ ސައިން ބޯޑެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ މަރަދޫ ފޭދޫ، މާކަރީ ލައިޓް، އަހްމަދު ސައިފް (34އ)އެވެ.
މެންދުރު 12:30 ހާ އިރު ހިނގި މި އެކްސިޑެންޓްގައި ސައިފްގެ މޭކަށިގަނޑުގެ ބޮޑު ބައެއް ޗިސްވެ އެތެރެއަށް ލޭ ފޭބުމުގެ ސަބަބުން ހޮސްޕިޓަލްގެ އޮޕަރޭޝަނެއްވެސް ވަނީ ކޮށްފައެވެ. އަދި ގިނަ އަދަދަކަށް ލޭ އަޅާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.