Last Updated: June 12, 02:23
Thursday, June 11, 2026
ވިޔަފާރި

ގަމުގައި ހުރި އެސްޓީއޯގެ ގުދަންތައް ރޫޅާލަން ފަށައިފި

ގަމުގެ މާރަނގަ ކައިރީ ހުންނަ އެސްޓީއޯ ގުދަން ރޫޅާލަނީ. ފޮޓޯ/ އައްޑު ލައިވް

އެސްޓީއޯގެ މުދާތައް ރައްކާ ކުރުމަށް ސ. ގަމުގައި ބޭނުން ކުރަމުން ދިޔަ ގުދަންތައް ރޫޅާލުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފި އެވެ.

އެގޮތުން ގަމުގެ މާރަނގާ އާ ދިމާލުގައި ހުރި ގުދަން ރޫޅާލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ އެ ގުދަން ރޫޅާލުމަށް ފަހު، ގަމުގެ ބޮޑު ފާލަމާ ދިމާލުގައި ހުރި ގުދަން ވެސް ރޫޅާލަން ހަމަޖެހިފައިވާ ކަމަށެވެ.

ގަމުގައި ހުރި އެސްޓީއޯގެ ގުދަންތައް ރޫޅާލަން ފަށާފައި މި ވަނީ ހިތަދޫ ބަނދަރުމަތީގައި އެސްޓީއޯގެ ބޮޑު ގުދަނެއް ހަދައި، ކުރިއަށް އޮތް ތަނުގައި މުދާތައް އެތަނުގައި ރައްކާ ކުރުމުގެ ގޮތުންނެވެ. ހިތަދޫ ގުދަނުގެ މަސައްކަތް ނިންމައި މިހާރު އަންނަނީ ބޭނުން ވެސް ކުރަމުންނެވެ.