ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑަރީ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުންޏަކަށް މޯލްޑިވް ގޭސް އަށް ލިބި، ބެސްޓް ގަވަނަންސް އެކްސެލެންސީ އެވޯޑް އެކުންފުންޏަށް ލިބިއްޖެއެވެ.
ރޭ އެސްޓީއޯގެ 52 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ މުނާސަބަތުގައި ބޭއްވި ޙަފްލާގައި މޯލްޑިވް ގޭސް އަށް ވަނީ އެ ޝަރަފްވެރި އެވޯޑް އަރުވާފައެވެ.
އެއީ އެސްޓީއޯ އިން ހިންގާ ކުންފުނިތަކުގެ ތެރެއިން އެންމެ ހަރުދަނާކަން މަތީ، ކޯޕަރޭޓް ގަވަނަންސް އާއި އެއްގޮތަށް ހިންގުމަށް މަސައްކަތް ކޮށްފައިވާ އެންމެ ރަނގަޅު ކުންފުންޏަށް ދެވޭ އެވޯޑެކެވެ.
އެގޮތުން ރޭ ބޭއްވި ޙަފްލާގައި އެ އެވޯޑް މޯލްޑިވް ގޭސް އާއި ހަވާލުކޮށް ދެއްވީ އެސްޓީއޯގެ ޗެއާމަން ކަމަށްވާ ހުސެއިން ސާލިމް އެވެ. އަދި މޯލްޑިވް ގޭސް ގެ ފަރާތުން އެވޯޑާއި ޙަވާލުވެލެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށްވާ އަބްދުﷲ މައުމޫން އެވެ.