Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެންސީއޭ އިން ޕްރޮގްރާމްތަކެއް ހިންގަނީ

ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އާޓްސްގެ ދާއިރާއިން ޕްރޮގްރާމްތައް ހިންގުމަށްޓަކައި ޖެންޑާ އެންޑް ފެމިލިއާއި ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މިއެއްބަސްވުމުގެ ދަށުން އެފަދަ ކުދިންނަށް ޚާއްސަ ކޮށްގެން އާޓްސްގެ ދާއިރާއިން ޕްރޮގްރާމްތަކެއް ހިންގޭނެ ކަމަށް ޔޫތު މިނިސްޓްރީން މަޢުލޫމާތު ދޭކަމަށް ވަގުތު އޮންލައިން އިން ރިޕޯޓް ކުރެއެވެ.

އެޕްރޮގްރޯމްތައް ހިންގިގެންދާނީ ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ދިރިއުޅޭ ހަ އަރާއި 10 އަހަރާއި ދެމެދުގެ ކުދިންގެ އިތުރުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުން އަންނަ 10 އަހަރުން މަތީގެ ކުދިންނަށް ކަމަށްވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.

އެކުދިންނަށްޓަކައި ހިންގޭނެ ޕްރޮގްރާމްތަކުގެ ތެރޭގައި މިއުޒިކާއި އާޓްސްގެ ދާއިރާގެ ޕްރޮގްރާމްތައް ހިމެނެއެވެ.