Last Updated: June 27, 20:02
Saturday, June 27, 2026
ސިޔާސީ

ގިނަ އަދަދެއްގެ ކައުންސިލަރުން ސަރުކާރާ ގުޅިއްޖެ

ފޭދޫގައި ޕީޕީއެމްގެ ހަރަކާތްތައް ހިންގާ ބިމުފައި ދިދަ ޖަހާފައި. ފޮޓޯ/ އައްޑޫ ލައިވް

ރާއްޖޭގެ އެކި ކަންކޮޅުތަކުން އަތޮޅު އަދި ރަށު ކައުންސިލުގެ ގިނަ އަދަދެއްގެ ކައުންސިލަރުން ވެރިކަންކުރާ ޕީޕީއެމް އާއި ގުޅިއްޖެއެވެ.

އަލަށް ސަރުކާރާއި ގުޅުނު މި ކައުންސިލަރުންގެ ތެރޭގައި ގިނައީ އިދިކޮޅު އެމްޑީޕީގެ ކައުންސިލަރުން ކަން ފާހަގަ ކުރެވެއެވެ. މުޅިއެކު 31 ކައުންސިލަރުން ޕީޕީއެމްއާއި ގުޅި ސަރުކާރަށް ބައިއަތު ހިފާފައިވާއިރު މީގެ ތެރޭގައި އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަމިއްލަ ގޮތުން އިންތިޚާބުވި ކައުންސިލަރުން ހިމެނެއެވެ.

ކައުންސިލަރުން ޕާޓީއާއި ގުޅުމުގެ ސަބަބުން ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލް ޖުމުހޫރިއްޔާ ޔާމީން އަބްދުލް ޤައްޔޫމް ވަނީ ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ތަރައްގީ ހޯދުމަށާއި ޒުވާނުންގެ ކުރިއެރުމަށް ޕީޕީއެމްއާއި ގުޅުމަކީ މިއަދު ކުރަން މުހިއްމު ކަމެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައިވެއެވެ.

"ދިވެހިރާއްޖެއަށް ތަރައްގީ ހާސިލް ކުރަން ބޭނުން ކަމަށް ވަންޏާ، ޒުވާނުންގެ ހުރިހާ ބޭނުންތައް ފުއްދައިދޭން ބޭނުން ކަމަށް ވަންޏާ، އަޅުގަނޑުމެން އެއް އަޒުމަކަށް މަސައްކަތް ކުރެވޭނީ މިކަހަލަ އަޒުމެއް ހުރެގެން އަޅުގަނޑުމެންގެ ޓީމުން މަސައްކަތް ކޮށްގެން." ރައީސް ވިދާޅުވެފައިވެއެވެ.

ސަރުކާރުގެ ބައެއް އިސްވެރިންނާއި އަނބިކަނބަލުން ފާތުމަތު އިބްރާހިމް ރައީސް ޔާމީނާއެކު ބައިވެރިވި މި ޖަލްސާގައި އަމިއްލަ ގޮތުގައި ކުރިއަށް އޮތް އިންތިޚާބުގައި ވާދަކޮށްގެން މާބޮޑު ކަމެއް ކޮށްނުދެވޭނެ ކަމަށާއި އަމިއްލަ ގޮތުގައި ވާދަކުރުމުގެ ބަދަލުގައި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށްވެސް ރައީސް ޔާމީން ވަނީ ގޮވާލާފައެވެ.