އައްޑޫ ސިޓީގެ ހިތަދޫގައި އަނެއްކާވެސް އެކްސިޑެންޓެއް ހިނގައިފިއެވެ.
ހިތަދޫ ލިންކު ރޯޑުގައި ހިނގި މިއެކްސިޑެންޓުގައި ހިނގާފައިވަނީ އެއްކޮޅަށް ދުއްވި ދެ ސައިކަލް ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ.
އެކްސިޑެންޓު ހިނގާފައިވަނީ އޯވާޓޭކަށް އެެރި ވަގުތު ކުރީގައި ހުރި ސައިކަލު ގޯޅި އެޅުމުންނެވެ.
އެކްސިޑެންޓު ހިނގުމަށްފަހު އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލާންސަށް އާދެވުނީ ގާތްގަނޑަކަށް 45 ވަރަކަށް މިނެޓު ފަހުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ސީރިއަސް ގެއްލުންތަކެއް ލިބިފައި ނުވެއެވެ.
މިދިޔަ ހޮނިހިރު ދުވަހު މަރަދޫ ފޭދޫ ބޮޑު މަގުގައި ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓެއްގައި 34 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައެވެ.