ފިލިޕިންސްގައި ބޭއްވި މިސް ޔުނިވާސް 2017 ގެ ނިންމުމުގެ ޙަފްލާގައި، މިސް ޔުނިވާސްގެ ތާޖު ލިބިގެންދިޔައީ މިސް ފްރާންސް ކަމަށްވާ އުމުރުން 23 އަހަރުގެ އައިރިސް މިޓެނައިރީ އަށެވެ.

މިޓެނައިރީ ބުނެފައިވާ ގޮތުގައި އޭނާގެ ކާމިޔާބާއި އެކު އެމުބާރާތް ޔޫރަޕްގައި އިތުރަށް މަޝްހޫރުވެ މަޤްބޫލް ވެގެން ދާނެއެވެ.
މިޓެނައިރީގެ ބޮލުގައި މިސް ޔުނިވާސްގެ ތާޖު އަޅުވައި ދިނީ މިދިޔަ އަހަރު އެމުބާރާތް ކާމިޔާބު ކުރި ޕިއާ ވޯޓްސްބާގް އެވެ. އެޙަފްލާ ބާއްވާފައި ވަނީ ފިލިޕިންސްގައި ހުންނަ މޯލް އޮފް އޭޝިއާ އެރީނާ ގައެވެ.
މުބާރާތުގެ ފުރަތަމަ ރަނާ-އަޕް އަކަށް ހޮވިފައި ވަނީ 2010 ވަނަ އަހަރު އައި ބިންހެލުމެއް ހަލާކު ކޮށްލި ހައިޓީ އަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ރަކޭލް ޕެލިސިއާ އެވެ. އަދި ދެވަނަ ރަނާ-އަޕް އަކީ މިސް ކޮލަމްބިއާ ކަމަށްވާ އުމުރުން 23 އަހަރުގެ އިންޑަސްޓްރިއަލް ޑިޒައިނާ އަދި ފޮޓޯގްރާފާ އެންޑްރިއާ ޓޯވާ އެވެ.
މިޓެނައިރީ އަކީ 60 އަށްވުރެ ގިނަ އަހަރު ތެރޭގައި މިސް ޔުނިވާސް މުބާރާތް ފްރާންސް އަށްޓަކައި ކާމިޔާބު ކޮށްދިން ހަމައެކަނި ކޮންޓެސްޓެންޓް އެވެ.
މިޓެނައިރީ ބުނެފައި ވަނީ މިސް ޔުނިވާސްގެ ގޮތުގައި ހޭދަ ކުރަން ލިބޭ އެއް އަހަރު ދުވަހުގެ ތެރޭގައި އޭނާ ބޭނުންވަނީ ކުޑަކުދިންނާއި، ޚާއްސަ ކޮށް އަންހެން ކުދިންނަށް ތަޢުލީމް ހާސިލް ކުރުމަށްޓަކައި ސްކޫލަށް ދިއުމަށް އެހީތެރިވެދޭން ކަމަށެވެ.
We have our Miss Universe 2016! Congratulations Miss France. #MissUniverseOnZCafe pic.twitter.com/zvvuJXBsQ8
— Zee Cafe (@ZeeCafe) January 30, 2017