Last Updated: April 20, 13:48
Saturday, April 20, 2024
ޚަބަރު

ލޯބިވެރިޔާއާ މައްސަލަ ޖެހި ބްލިޗް ބޮއިފި، ފަރުވާ ދެނީ

ލޯބިވެރިޔާ އާއި މައްސަލަ ޖެހުމުން ބްލީޗް ބުއި އަންހެނަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އެބަގެންދެއެވެ.

'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި ބްލިޗް ބޮއެގެން ހާލުދެރަވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި 24 އަހަރުގެ އަންހެން މީހާ އެޑްމިޓްކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް ވިދާޅުވީ، އިތުރު ފަރުވާ ދިނުމަށް އަންހެން މީހާ މާލެ ފޮނުވާލުމަށް ނިންމާފައިވާ ކަމަށެވެ.

" ހޮސްޕިޓަލުން އެންޑޮސްކޯޕީ ފަދަ ޓެސްޓްތައް ހެދޭކަށް ނެތް. އެހެންވެ މާލެ ފޮނުވާލުމަށް ވަނީ ނިންމާފައި. އެކަން މިހާރު ވާނީ ބަލިމީހާގެ އާއިލާ އާއި ހިއްސާކޮށްފައި"

ބްލިޗް ބޮއެގެން އެޑްމިޓްކޮށްފައިވާ އަންހެން މީހާގެ އާއިލާގެ މީހަކު ބުނި ގޮތުގައި، އެ އަންހެން މީހާ ބްލިޗް ބުއީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފުލުހަކާއި މައްސަލަ ޖެހިގެން ކަމަށެވެ.

އިތުރު ފަރުވާއަށް އަންހެން މީހާ މާލެ ފޮނުވަން ޑޮކްޓަރު ލަފާ ދީފައިވާ ކަމަށާއި އެހެން ނަމަވެސް އަދި އާސަންދަ ހަމަޖެހިފައި ނުވާކަމަށް އޭނާ ބުންޏެވެ.