މަރަދޫފޭދޫ ސްކޫލާއި އެންސީއައިޓީ ގުޅިގެން ބޭސިކް ކޮމްޕިއުޓާ ކޯހެއް ސްކޫލުގެ ދަރިވަރުންނަށް ފަށައިފިއެވެ.
ސްކޫލުގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުން މިކޯހަކީ ސްކޫލުގެ ދަރިވަރުންނަށް އެންމެ ބޭސިކް އިން ފެށިގެން ކޮމްޕިއުޓަރުން ދަނެގަންނަން ޖެހޭ މުހިއްމު ކަންތައް ކިޔަވައިދިނުމަށް ހުޅުވި ފުރުސަތެކެވެ.
އެގޮތުން މި ކޯހުގައި ބައިވެރިވާ ދަރިވަރުންނަށް ދިވެހި އަދި އިނގިރޭސިން ޓައިޕް ކުރަން ދަސްކޮށްދިނުމާއި، އެމްއެސް ވޯޑް ބޭނުން ކުރަން ދަސްކޮށްދިނުން އަދި ޕަވަ ޕޮއިންޓު ބޭނުންކޮށްގެން ޕްރެސެންޓޭޝަން ހެދުމަށް ދަސްކޮށްދިނުމުގެ އިތުރުން މައިކްރޮސޮފްޓް އެކްސެލް ބޭނުންކޮށްގެން ފޯމިއުލާތައް ބޭނުންކުރާނެ ގޮތް ދަސްކޮށް ދެވޭނެއެވެ.
ކޯހުގެ ބައިވެރިން ކޯސް ނިމޭއިރު ބޭސިކް ކޮމްޕިއުޓަރ ސްކިލްސް އަށަގަނެވިފައިވާ ދަރިވަރުންނަށް ސްކޫލުގެ ދަރިވަރުން ހެދުމަކީ މިކޯހުގެ އެންމެ ބޮޑު އަމާޒެވެ.
ސްކޫލުގެ ފަރާތުން މިފަދަ ޕްރޮގްރާމެއް ބާއްވައިދޭތީ އެންސީއައިޓީއަށް ޚާއްސަ ޝުކުރެއްވަނީ މިފުރުސަތުގައި އަދާކޮށްފައެވެ.