Last Updated: June 27, 18:22
Saturday, June 27, 2026
ދުނިޔެ

ޓްރަމްޕުގެ އިމިގްރޭޝަން ސިޔާސަތަށް އ.ދ އިން ފާޑުކިޔައިފި

މުސްލިމު ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ނުވަދެވޭނެ ސިޔާސަތަކީ ގާނޫނާއި ޚިލާފު ސިޔާސަތެއް ކަމަށާއި އެކަމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ބުނެ އ.ދ އިން ފާޑުކިޔައިފިއެވެ.

އ.ދ ގެ ހައިކޮމިޝަނާ ފޮ ހިއުމަން ރައިޓްސް ޒައިދު ރާޢަދު އަލް ހުސައިން ވިދާޅުވެފައިވަނީ ވަކި ގައުމެއްގެ ރައްޔިތުންނާއި ދެމެދު ތަފާތުކުރުން ގެންގުޅުމަކީ އެއްވެސް ގައުމަކަށް ލިބިގެންވާ ހައްގެއް ނޫން ކަމަށެވެ.

އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މިނިންމުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ވަރަށް ބޮޑަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އެގޮތުން އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން ވަނީ އޭނާގެ މިއަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

އެމީހަކު ގަބޫލުކުރާ ދީނެއްގެ ސަބަބުން ވަކި ގައުމަކަށް ވަނުމަށް ހުރަސް އަޅައި އިންސާނީ ޙައްގުތަކާއި ހިލާފަށް ނަސްލީ ތަފާތު ކުރުމެއް ގެންގުޅޭ ލީޑަރަކު ގައުމެއްގެ ވެރިއެއްގެ މަގާމުގައި ހުރުމަކީ ބިރުވެރިކަމެއް ކަމަށް ޕާލަމެންޓު މެމްބަރުން ވަނީ މަޖިލިސް ތަޅުމުގައި އަޑުއުފުލާފައެވެ.