Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

ޕީޕީއެމްގެ ބޮޑު ޖަލްސާއެއް އަންނަ ހޮނިހިރު ދުވަހުގެ ރޭ

ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ބޮޑު ޖަލްސާއެއް ފެބްރުއަރީ މަހުގެ 4 ވާ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

"ހޭވައްލާ" ގެ ނަމުގައި ބާއްވާ އެޖަލްސާ އަކީ އެޕާޓީގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ޚާއްސަ ކޮށްގެން ބާއްވާ ޖަލްސާއެކެވެ.

އެޖަލްސާގައި ޕީޕީއެމްގެ ފަރާތުން ކައުންސިލް އިންތިޚާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނާއި ރަސްމީކޮށް ޕީޕީއެމްގެ ޓިކެޓު ހަވާލު ކުރެވިގެން ދާނެ ކަމަށް ޕީޕީއެމްގެ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ ހަލީލް ވިދާޅުވި ކަމަށް ވަގުތު އޮންލައިން އިން ރިޕޯޓް ކުރެއެވެ.

ހަލީލް ވިދާޅުވި ގޮތުގައި "ހޭވައްލާ" ޖަލްސާއިން ކައުންސިލަރުން ރާއްޖޭގެ މުސްތަޤުބަލް ބައްޓަން ކުރާނެ ގޮތް އެނގިގެންދާނެ ކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި 500 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަ ކުރައްވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

"ހޭވައްލާ" ޖަލްސާ އަކީ ޕީޕީއެމް ކެމްޕެއިންގެ ޙަރަކާތްތައް ރަސްމީކޮށް ފެށުން ކަމަށާއި މިއަހަރުގެ އޭޕްރީލް 8 ވަނަ ދުވަހުގެ ނިޔަލަށް ރާވާފައިވާ އޮނިގަނޑާއި އެއްގޮތަށް ކެމްޕެއިންގެ ކަންތައްތައް ކުރިއަށް ދާނެކަމަށް އެޕާޓީގެ އިވެންޓް މެނޭޖަރު މުހައްމަދު ނިމާލް ވިދާޅުވި ކަމަށް ވަގުތު އޮންލައިން އިން ރިޕޯޓް ކުރެއެވެ.

އަދި "ހޭވައްލާ" އަކީ ޕީޕީއެމް ކެމްޕެއިންގެ ޝިއާރު ކަމަށްވެސް އޭނާ މަޢުލޫމާތު ދެއްވިއެވެ.