Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

އޮސްޓްރިއާގެ އާންމު ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާ ކުރަނީ

ފޮޓޯ: ގެޓީ އިމޭޖެސް

ކޯޓް ތަކާއި ސްކޫލްތައް ފަދަ އާންމު ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާ ކުރުމަށް އޮސްޓްރިއާގެ ވެރިކަންކުރާ ކޯލިޝަން އިން އެއްބަސް ވެއްޖެއެވެ.

އަދި ހަމަ އެހެންމެ ބުރުގާ އާއި އެހެނިހެން ދީނީ ރަމްޒުތައް ބޭނުން ކުރުން ދައުލަތުގެ މުވައްޒަފުންނަށް މަނާ ކުރާ ޤާނޫނަކާއި މެދުވެސް ކޯލިޝަން އިން ދަނީ ވިސްނަމުންނެވެ.

ކޯލިޝަން އިން ނެރެފައިވާ ބަޔާނުގައި ވަނީ އޮސްޓްރިއާ އަކީ ހުޅުވިފައިވާ މުޖުތަމައުއެއް ކަމަށާއި، މޫނު ބުރުގާ އަކީ އެގޮތާއި ޚިލާފު ކަމަކަށް ވުމުން އާންމު ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާ ކުރާ ކަމަށެވެ.

ލަފާ ކުރެވޭ ގޮތުގައި އޮސްޓްރިއާގައި މޫނު ބުރުގާ އަޅަނީ އެންމެ 150 އަންހެނުންނެވެ. މޫނު ބުރުގާ އެޅުން މަނާ ކުރުމުގެ ސަބަބުން ގަލްފް ޤައުމްތަކުން އޮސްޓްރިއާ އަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެދާނެ ކަމާއިމެދު ފަތުރުވެރިކަމާއި ބެހޭ އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސަރުކާރުގެ ތަރުޖަމާނަކު އޮސްޓްރިއާގެ ނޫހަކަށް މަޢުލޫމާތު ދިން ގޮތުގައި ޒެލް އެމް ސީ ފަދަ ސްކީ ރިސޯޓް ތަކުގައިވެސް އެޤާނޫން ތަންފީޒް ކުރެވޭނެ ކަމަށެވެ.