އަގުބޮޑު ޖަވާހިރު ވަރަށް ވިދާ އައިސް ގަނޑުތަކެއް ޖަޕާނުގެ ޓޮކަޗީ ކޯރުގެ މޫދަކަށް ލައްގަން ފަށައިފިއެވެ.
އުތުރު ޖަޕާނުގެ މި މޫދު ކައިރިއަށް ލައްގާ އައިސްތައް އަސްލު ޖަވާހިރު ފަދައިން ވިދާއިރު ހަނދުގެ އަލި އެއަށް އެޅި ދިއްލިފައި ހުރެއެވެ. ދުރުން ބަލާ މީހަކަށް މިމަންޒަރު ފެނިގެންދާނީ ގޮނޑުދޮށަށް ބޮޑު ޖަވާހިރުތަކެއް އަޅާފައި ހުންނަ ފަދައިންނެވެ.

އެހެން ނަމަވެސް މިއީ އެކޯރުގައި ހެދުނު އައިސް ގަނޑުތައް ވިރިގެން ގޮސް ކަނޑުގެ ރާޅުތައް ގޮނޑުދޮށަށް ލައްގާފައިވާ މަންޒަރެވެ. ޓޮކަޗީ ރިވާ އައިސް ނުވަތަ ޖުވެލަރީ އައިސްގެ ނަމުން ނަންދެވިފައިވާ މި އައިސް އަކީ އެންމެ ފިނި މޫސުމުގެ އެންމެ ފިނި ދުވަސްވަރު މިސަރަހައްދަށް އެކަނި ލައްގާ އައިސްތަކެކެވެ.
ޔުނިވާސިޓީ އޮފް ކެމްބްރިޖްގެ އޯޝަން ފިސިސްޓެއް ކަމަށްވާ ޕީޓާ ވަދްހެމްސް ބުނެފައިވަނީ މިއީ އޭނާގެ ހަޔާތުގައިވެސް ދުވަހަކުވެސް އަޑުއަހާފައިވާ ވާހަކައެއް ނޫން ކަމަށެވެ. އަހަރުމެން އެންމެން ފަދައިން އޭނާއަށްވެސް ހުރެވުނީ މި އައިސް ފެނި އާޝޯހު ވެފައެވެ.
ޕީޓާ އޭނާ ލިޔުނު ރިޕޯޓުގައި ބުނެފައިވަނީ މިއީ ހަމަ އާދައިގެ ކޯރުގައި ހުންނަ އައިސް ކަމަށެވެ. ވިދަނީ އޭގައި އެހެން އައިސްތައް ފަދައިން ލޮނު ނުހުންނާތީ ކަމަށެވެ.