Last Updated: June 27, 18:22
Saturday, June 27, 2026
މުނިފޫހިފިލުވުން

"ރައީސް" އަށް 200 ކްރޯޑް ލިބިއްޖެ

ފިލްމު ނެރުނުތާ ހަތަރު ދުވަހުގެ ތެރޭ 7 ކްރޯޑް ރުޕީސް ލިބުނު 'ރައީސް' އަށް މިހާރު 200 އަށްވުރެ ގިނަ ކްރޯޑް ލިބިފައިވާ ކަމަށް ބޮލީވުޑް އިން ޚަބަރުކޮށްފިއެވެ.

އިންޑިޔާގެ ސިނަމާތަކުން 152.61 ކްރޯޑު ރުޕީސް މިހާތަނަށް ފިލްމަށް ލިބިފައިވާއިރު ގައުމުން ބޭރުގައި އަޅުވައިގެން ލިބުނު ޖުމުލަ އާމްދަނީ 215.17 ކްރޯޑަށް އަރާފައިވެއެވެ.

އިންޑިޔާގެ އިތުރުން އަވަށްޓެރި ސިންގަޕޫރުގައިވެސް މިހާރު އެންމެ މަގުބޫލު ފިލްމަކަށް 'ރައީސް' ވަނީ ވެފައެވެ. އިންޑިޔާގެ ސިނަމާ ތާރީހުގެ ބައެއް ރެކޯޑުތައްވެސް ރައީސް ވަނީ މުގުރާލާފައެވެ. އެގޮތުން ޖެނުއަރީގައި ހަފްތާ ބަންދު ތެރޭ އެންމެ ގިނައިން އާމްދަނީ ލިބުނު ފިލްމަކީ 'ރައީސް' އެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުޚް ހާންއާއި އެކު ބަތަލާގެ މަގާމު މިފިލްމުން ފުރަނީ ޕާކިސްތާނުގެ އެކްޓްރެސްއެއް ކަމަށްވާ މާހިރާ ޚާންއެވެ. ދެފަންނާނުންގެ އެކްޓިންގ އަށް ފިލްމު ބަލާފައިވާ އެތައް މިލިއަން މީހުންގެ ތައުރީފު ދަނީ މެދުކެނޑުމެއް ނެތި ލިބެމުންނެވެ.