Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

ހިންމަފުށި ގެއަކަށް ބަޑީގެ ވަޒަނެއް އަރައިފި

މާލެ އަތޮޅު ހިންމަފުށީގެ ގެއްގެ ކުޑަދޮރަށް ބަޑީގެ ވަޒަނެއް އަރައި، އެމައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިގެއަކީ ގެސްޓްހައުސް ވިޔަފާރިއަށް ތަރައްގީ ކުރެވެމުން އަންނަ ގެއެކެވެ. މިދިޔަ އަންގާރަ ދުވަހު ގޭގެ ކުޑަދޮރަށް ވަޒަން އަރާފައިވާއިރު އޭރު އެގޭގައި މީހަކު ހުރި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެރަށު އަތިރިމަތީގައި ހުންނަ ގެއަކަށް ވާތީ މިވަޒަން އައިސްފައިވަނީ ގިރިފުށިން ކަމަށް ބެލެވޭ ކަމަށް އެރަށު ކައުންސިލްގެ ރައީސާއި ހަވާލާދީ އޮންލައިން ނޫސް 'ސަން' އިން ވަނީ ރިޕޯޓުކޮށްފައެވެ.

މިކަމާއި ގުޅިގެން ރަށުގެ ރައްޔިތުންނަށް ވަނީ ބިރުވެރިކަމެއް ލިބިފައެވެ. ރަށުގެ ރައްޔިތުންގެ ފަރާތުން ކައުންސިލްގެ ރައީސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިވަޒަން އެރިއިރު ގޭގައި ނިދާފައި އޮތް ގެސްޓް ހައުސް އިންވެސްޓަރަށް މިހާދިސާގެ ސަބަބުން އިތުރު ބިރުވެރިކަމެއް ލިބިފައިވެއެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފްގެ ބަހެއް ލިބުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. ހިންމަފުށްޓަކީ 2015 ވަނަ އަހަރުގައިވެސް ގެއްގެ ދޮރަށް ވަޒަނެއް އެރި ހާދިސާ ހިނގި ރަށެކެވެ. އެމައްސަލައިގެވެސް ތަހުގީގު ފަށައި ވަޒަން އެރި ސަބަބެއް ވަނީ ނޭނގިފައެވެ.