1. ދެމަފިރިން އެކުގައި ނަގާފައިވާ ދަރަންޏެއް ވާނަމަ އަދާ ކުރުން
ކައިވެންޏަށް ރޫޅުމަށްފަހު ދެމީހުންގެ މާލީ ތަނަވަސް ކަމަށްވެސް ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން އެކުގައި އުޅުނު ދުވަސްވަރު ދެމީހުން އެއްކޮށް ކުރަން ނިންމާފައިވާ ކަންތައްތަކަށް އަލިއަޅުވާލަން ޖެހޭނެއެވެ. އެކުގައި އުޅުނުއިރު އިންވެސްޓްމެންޓް އެއްގެ ގޮތުގައި ހީވި ކަންތައް މިހާރު ވާނީ ދަރަންޏަކަށެވެ. އެހެންކަމުން އެކަހަލަ އެއްވެސް ކަމެއް ވާނަމަ، ސުލްޙަވެރިކަމާއި އެކީ ވާހަކަ ދައްކައި ދެމީހުން އެކަމެއް ޙައްލު ކުރަން ވާނެއެވެ.
2. މުދާ ނުވަތަ ކަސްޓަޑީ އަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރުން
ދެމީހުން އެކުގައި ނޫޅެވޭ ވަރުވެ، ވަކިވާން ޖެހުމުންވެސް އެކަކު އަނެކަކު ދޫކޮށްލާއިރު ގިނަ މީހުން ރުޅިވެރިކަން ދޫކޮށް ނުލައެވެ. އެގޮތުން މުދަލާއި ދަރިންގެ ޒިންމާއާއި ގުޅިގެން އެކަކު އަނެކަކާއި އަރައިރުންވެ ޒުވާބު ކުރުމަކީ ވަރަށް ގިނައިން ވަރިވާ ދެމީހުންގެ ކިބައިން ފެންނަ މަންޒަރެކެވެ. އެހެންނަމަވެސް، އެއަށްވުރެ ރަނގަޅަށް ކަންތައްތައް ނިންމާލުމުން ދެފަރާތަށްވެސް ފަސޭހަ ވާނެއެވެ. ފައިސާ އާއި މުދަލާއި ދަރިންނަކީ އެކަކު އަނެކަކާއި ދެކޮޅަށް ބޭނުން ކުރާ ހަތިޔާރަކަށް ނުހަދައި، ވީހާވެސް އަމާންކޮށް ވަރީގެ ކަންތައް ނިންމާލެވޭތޯ މަސައްކަތް ކުރާށެވެ.
3. ދެމީހުންގެ ރައްޓެހިން ކައިރީ ވަކި ކޮޅަކަށް ޖެހުމަށް ނުބުނުން
ދެމަފިރިން އެކީގައި އުޅުނު އިރު ރަހުމަތްތެރިންގެ ގޮތުގައި ތިބި މީހުން، ދެމީހުން ވަކިވާއިރު ވަކި ކޮޅެއްގައި ހިފަން ބޭނުން ނުވާނެއެވެ. އެކަމާއި ހިތް ބުރަ ނުކޮށް، އެމީހުންނަށް ދެމީހުންކުރެ އެކަކާއި އެއްކޮޅަށް އެރުމަށް މަޖުބޫރު ނުކުރާށެވެ. ކައިވެނި ރޫޅުމުން އެކީގައި ތަންތަނަށް ގޮސް އުޅުމަށް އެރަހްމެތްތެރިންނަށް އުނދަގޫވެދާނެކަން ދަނެގެން އެމީހުންނަށް އެކުގައި އުޅުމަށް މަޖުބޫރު ނުކުރާށެވެ.