ޗެލްސީގެ ރިކޯޑު ގޯލު ސްކޯރާ ފްރޭންކް ލަމްޕާޑް 38 އަހަރުގައި ރިޓަޔާކުރަން ނިންމައިފިއެވެ.
މޭޖާ ލީގް ސޮކާގައި މިހާރު ކުޅެމުންދާ ލަމްޕާޑް ބުނެފައިވަނީ 21 އަހަރު ދުވަހުގެ ކުޅުމަށް ފަހު މިއީ ކުޅުން ހުއްޓާލުމަށް އެންމެ އެކަށީގެންވާ ދަނޑިވަޅު ކަމަށް ދެކޭ ކަމަށެވެ.
ވަރަށް ޒުވާން އުމުރުގައި އޭނާގެ ޕްރޮފެޝަނަލް ކެރިއަރު ފަށާފައިވާ ލަމްޕާޑް ވަނީ 300 އަށްވުރެ ގިނަ ގޯލު ޖަހާފައެވެ. އިނގިރޭސި ޕްރިމިއާ ލީގު ތިންފަހަރު އުފުއްލާފައިވާއިރު އޭނާ ވަނީ 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު މެޑަލްވެސް ޗެލްސީގައި ހޯދާފައެވެ.
ލަމްޕާޑުގެ ރިޓަޔާމެންޓު ޕޯސްޓުގައި އޭނާގެ ކެރިއަރުގައި އެހީތެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ. އެގޮތުން ޗެލްސީ ފުޓުބޯޅަ ކުލަބަށާއި އެކުގައި ކުޅުނު ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައިވެއެވެ.
ޗެލްސީ އިން ލަމްޕާޑު ވިއްކާލާފައިވަނީ 2014 ވަނަ އަހަރު ނިއު ޔޯކް އެފްސީއަށެވެ. 1996 ވަނަ އަހަރު ވެސްޓް ހެމް ޔުނައިޓެޑުން ކެރިއަރު ފެށި ލަމްޕާޑު ވަނީ '99 ވަނަ އަހަރު ގައުމީ ޓީމަށްވެސް ކުޅެން ފަށާފައެވެ. ގައުމީ ޓީމަށް ކުޅެން ހުއްޓާލާފައިވަނީ 2014 ވަނަ އަހަރުގައެވެ.