Last Updated: June 26, 03:21
Thursday, June 25, 2026
ވިޔަފާރި

އޭސް ހާޑްވެއާގެ "ބޮޑު ފަހެއް" ނަސީބްވެރިންނާއި އިނާމް ހަވާލުކޮށްފި

އޭސް ހާޑްވެއަރ އެންޑް ހޯމް ސެންޓަރ ބޮޑުފަހެއް ޕްރޮމޯޝަންގެ ނަސީބްވެރި ފަރާތް ތަކަށް އިނާމް ހަވާލް ކޮށްފިއެވެ.

އޭސް ހާޑްވެއަރގެ 5 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޑިސެމްބަރ 2016 ގެ ނިޔަލަށް ބޭއްވި "ބޮޑު 5" ސޭލްސް ޕްރޮމޯޝަން ގެ ނަސީބުވެރިއަކަށް ދެ ފަރާތެއް ވަނީ ހޮވިފައެވެ.

އެގޮތުން ސޯޝަލް މީޑިއާގައި ހިންގި ލައިކް އެންޑް ކޮމެންޓް ގެ ނަސީބު ވެރިޔަކަށް ހޮވުނު އަލީ ރަޝީދު އަށް ލިޓަސް އޮޓޯމޮބައިލް ގެ ފަރާތުން ހަދިޔާކުރެއްވި އަގުހުރި ޔަމަހާ ޖީޓީ 125 ސައިކަލެއް ލިބުނު އިރު "ބޮޑު 5" ލަކީ ޑްރޯގެ ނަސީބުވެރިޔާ މިފްޒާލް ލަތީފް އަށް ލިބި ވަޑައި ގަތީ މެގަ މޯލްޑިސް ގެ ފަރާތުން ހަދިޔާ ކުރެއްވި ދެކޮޅު ޓިކެޓެވެ. މި ޓިކެޓް ގެ މަންޒިލް އަކަށް ހޮންގް ކޮންގް، ކުއަލަ ލަންޕޫރް، ޝެންހާއި، އަދި ބެއިޖިން މިއިން ކޮންމެވެސް އެއްތަނަކަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އޭސް ހާޑްވެއާއިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ފެންވަރު ރަނގަޅު މުދާ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދެވުނު ކަމަށެވެ

އޭސް ހާޑްވެއަރ ދިވެހިރާއްޖޭގައި އިފްތިތާޙްކޮށްފައިވަނީ މީގެ 5 އަހަރު ކުރިން، 15 ޑިސެމްބަރ 2011 ގައެވެ. އެއީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަރނޭޝަނަލްއާއި ދިވެހިރާއްޖޭގެ އަމިއްލަ ކުންފުންޏެއްކަމަށްވާ ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާދެމެދު ވެވުނު އެއްބަސްވުމެއްގެދަށުން ފެށުނު ވިޔަފާރިއެކެވެ. މި އެއްބަސްވުމަށްފަހު އޭސް ހާޑްވެއަރ އެންޑް ހޯމް ސެންޓަރގެ ފުރަތަމަ ފިހާރަ މާލޭގައި ހުޅުވާފައިވަނީ 20 ޑިސެމްބަރ 2011 ގައެވެ. އަދި 19 ޑިސެމްބަރ 2013 ގައި ދެވަނަ ފިހާރައެއްވެސްވަނީ ހުޅުވާފައެވެ.