Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

ޓްރަމްޕުގެ އިންޒާރު އިރާނަށް؛ އަލިފާނާއި ނުކުޅޭ!

އެމެރިކާގެ އާ ރައީސް ޑޮނާލްޑް ޓްރަމްޕު ރައީސް ކަމާއި ހަވާލުވި ފަހުން އެންމެ ގިނައިން ކޮށްފައިވާ ކަމަކީ އެހެން ގައުމުތަކާއި ކޯޅުމެވެ.

އޮސްޓްރޭލިޔާއަށް ފަހު މިހާރު އޭނާގެ އިންޒާރު އަމާޒުވެފައިވަނީ ނިއުކްލިއާ ބޮޑު ބާރެއް ކަމަށްވާ އިރާނާއިއެވެ. މިއަދު ހެނދުނު ޓްރަމްޕް ކުރި ޓުވީޓެއްގައި ބުނެފައިވަނީ ތިޔަ ކުޅެވެނީ އަލިފާނާއި ކަމަށެވެ. އަދި ތިމަންނާ އޮބާމާ ގޮތަށް ހިތްހެޔޮ ނުވާނެ ކަމަށް ބުނެފައިވެއެވެ.
https://twitter.com/realDonaldTrump/status/827478751931924480
ޓްރަމްޕުގެ މި ޓުވީޓާއި ގުޅިގެން އެމެރިކާގެ ރައްޔިތުން ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ޚަބަރު ލިބިފައިވާ ގޮތުން ޓްރަމްޕުގެ ފަރާތުން ހަމަލާތަކެއް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

އިރާނުން ވަނީ އިއްޔެގެ ވަގުތެއްގައި ނިއުކްލިޔާ ހަތިޔާރު އުފުއްލޭނެ ފަދަ މިސައިލެއް ޓެސްޓުކޮށްފައެވެ. ޓްރަމްޕުގެ ބަސްތައް އަމާޒުވެފައިވަނީ މިކަމަށް ކަމަށް ބެލެވެއެވެ.

ޓްރަމްޕުގެ އަމުރަށް އެމެރިކާ ސިފައިން ފޮނުވި ހަމަލާއެއްގައި 8 އަހަރުގެ އަންހެން ކުއްޖަކާއި އެމެރިކާގެ ނޭވީ ސީލްއެއް މަރުވެފައިވާ ކަމަށް ސިފައިންގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފައެވެ.