Last Updated: June 26, 03:21
Thursday, June 25, 2026
ޚަބަރު

އައްޑޫ އެވޯޑް ދިނުން މިރޭ

އައްޑޫއަށް އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ ހިދްމަތް ކޮށްދެއްވައި އައްޑޫއަށް ރީތި ނަން ހޯއްދަވާ ދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ދޭ އެވޯޑް "އައްޑޫ އެވޯޑް" މިރޭ 8:30 ގައި ފަށަން ތައްޔާރުވަމުން އެބަދެއެވެ.

މިރޭ ޝަރަފުއްދީން ސްކޫލްގައި ބާއްވާ މި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި 130 ފަރާތަކަށް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫ އެވޯޑު ލިބޭ ގިނަ ފަރާތްތައް އެވޯޑު ލިބިގަތުމަށް މިވަގުތު ވަނީ އައްޑޫއަށް ވަޑައިގެންފައެވެ. މިރޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަނީ އެންޓި ކަރަޕްޝަންގެ ރައީސް ސ، ހިތަދޫ ރަންފަސް ހަސަން ލުޠުފީއެވެ.

އައްޑޫ އެވޯޑް ރަސްމިއްޔާތު ރާއްޖެ ޓީވީން ވަގުތުން ދައްކާނެއެވެ.