Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އޮޕަރޭޝަނުގައި ބަޔަކު ހައްޔަރުކޮށްފި

ހިތަދޫން އަތުލައި ގަތް ބަނގުރާ ފުޅިތައް. ފޮޓޯ/ ޕޮލިސް

މަސްތުވާތަކެތި ކަމަށް ބެެލެވޭ ޕެކެޓްތަކަކާއި ބަނގުރާ ކަމަށް ބެލެވޭ ފުޅިތަކަކާ އެކު އައްޑޫން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން އައްްޑޫގައި ކުރިއަށް ގެންދާ އޮޕަރޭޝަން "އަފިރިންގެ އަމާން އައްޑު ސިޓީ" އާ ގުޅޭ ގޮތުން މިއަދު އާންމު ކުރި މައުލޫމާތުތަކަށް ބަލާ އިރު ކައްކާފައި ހުރި ކަމަށް ބެލެވޭ ހަތަރު ފުޅި ބަނގުރަލާ އެކު ދެ މީހަކު ހައްޔަރުކޮށްފައި ވަނީ ހިތަދޫންނެވެ. އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ހަތް ޕެކެޓާ އެކު މީހަކު ހައްޔަރުކޮށްފައި ވަނީ ފޭދޫންނެވެ.

އެކަމަކު އެ މީހުންނާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.