Last Updated: June 30, 21:11
Tuesday, June 30, 2026
މުނިފޫހިފިލުވުން

"ކާބިލް" އަށް ނުވަ ދުވަހު 90 ކްރޯޑް

ރިތިކް ރޯޝަންގެ އެންމެ ފަހުގެ ފިލްމް ކަމަށްވާ ޖެނުއަރީ 25 ވަނަ ދުވަހު ރިލީޒް ކުރި "ކާބިލް" އަށް ބުރާސްފަތި ދުވަހާއި ހަމައަށް ބޮކްސް އޮފީހުގައި 90.63 ކްރޯޑް ލިބިފައި ވެއެވެ.

ސަންޖޭ ގުޕްތާ ޑައިރެކްޓް ކޮށްފައިވާ އެފިލްމް ރިލީޒް ކުރި ދުވަހު ޝަހް ރުކް ޚާންގެ ފިލްމް "ރައީސް" ވެސް ވަނީ ރިލީޒް ކޮށްފައެވެ. އެސްއާރްކޭގެ "ރައީސް" އާއި އަޅާބަލާއިރު ބުނެވޭ ގޮތުގައި "ކާބިލް" އަށް ލިބިފައި ވަނީ 40 އިންސައްތަ ސިނެމާ ސްކްރީން އެވެ.

ބޮލީވުޑްގެ 100-ކްރޯޑް ރުޕީސް މާކް އަށްވުރެ މައްޗަށް "ރައީސް"ގެ ފައިދާ މިހާރު ގޮސްފައިވާއިރު، ޤަބޫލު ކުރެވޭ ގޮތުގައި ވަރަށް އަވަހަށް "ކާބިލް"ވެސް 100-ކްރޯޑް ކްލަބް ގައި ހިމެނިގެން ދާނެއެވެ.

ޕާކިސްތާނާއި އިންޑިއާ އާއި ދެމެދު ހަމަނުޖެހުންތައް އުފެދުމާއި ގުޅިގެން ޕާކިސްތާނުގައި ބޮލީވުޑް ފިލްމްތައް އެޅުވުން މަނާކުރި ކުރުން އުވާލުމަށްފަހު، ޕާކިސްތާނުގައި ރިލީޒް ކުރި އެންމެ ފުރަތަމަ ބޮލީވުޑް ފިލްމަކީވެސް "ކާބިލް" އެވެ. ފެބްރުއަރީ 1 ވަނަ ދުވަހު ރާކޭޝް ރޯޝަން ވަނީ އެފިލްމް ޕާކިސްތާނުގައި ރިލީޒް ކުރާ ވާހަކަ އިއުލާން ކޮށްފައެވެ.

"ކާބިލް" ގެ ޓީމުން ދަނީ ކާމިޔާބީ ފާހަގަ ކުރުމަށްޓަކައި ވަރަށް އަވަހަށް ޕާޓީއެއް ބޭއްވުމަށްވެސް ރާވަމުންނެވެ. ދާދި ފަހުން ރިތިކް ވަނީ ޓްވިޓާ މެދުވެރިކޮށް އޭނާގެ ހުރިހާ ފޭނުންނަށް އެޕާޓީ އަށް އައުމަށް އެދި ދައުވަތު ދީފައެވެ.