Last Updated: June 27, 18:22
Saturday, June 27, 2026
ކުޅިވަރު

ނޭމާއަށް ވުރެ ރޮނާލްޑޯ ވަކި މޮޅެއް ނޫން: ޕެލޭ

ބްރެޒިލްގެ ކުރީގެ ކުޅުންތެރިޔާ ޕެލޭ ބްރެޒިލްގެ މިހާރުގެ އުއްމީދީ ކުޅުންތެރިޔާ ނޭމާ އަށް ތައުރީފުގެ ބަސްތަކެއް އަނެއްކާވެސް އޮއްސާލައިފިއެވެ.

ޕެލޭ ބުނެފައިވަނީ 2016 ވަނަ އަހަރު ބެލެންޑިއޯ ހާސިލުކުރި ރޮނާލްޑޯއަށް ވުރެވެސް ނޭމޭ ބޯޅަ ގެންގުޅުމުގައި މޮޅު ކަމަށެވެ. ނަމަވެސް ރޮނާލްޑޯ ކުރިއަރަނީ ހެޑިންގ އިން ކަމަށް ޕެލޭ ބުނެފައިވެއެވެ.

"ޓެކްނިކަލީ ނޭމާ މާ މޮޅު ބޯޅައާއެކު ކުޅުމަށް. އެހެންނަމަވެސް ރޮނާލްޑޯގެ ހެޑިން ފުރިހަމަ. ނޭމާ އަކަށް ހެޑިން ނުކުރެވޭ. އެއީ ގުނަން ޖެހޭ ކަމެއް" ބްރެޒިލްއަށް 77 ގޯލު ޖަހާފައިވާ ޕެލޭ ބުނެފައިވެއެވެ.

ބްރެޒިލް ޓީމާއި ބެހޭގޮތުން ވާހަކަ ދައްކަމުން ޕެލޭ ބުނެފައިވަނީ މިހާރު ޓީމެއްގެ ގޮތުގައި ކުޅެމުން އަންނަ ކަމަށެވެ. އަބަދުވެސް މޮޅު ކުޅުންތެރިން އެކުލެވޭ ބްރެޒިލް ޓީމަށް ފަހަކަށް އައިސް ޖެހިފައިވާ މައްސަލަ އަކީ ޓީމެއްގެ ގޮތުގައި ނުކުޅެވުން ކަމަށް ޕެލޭ ބުނެފައިވެއެވެ.