Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުމަކީ އައްޑޫ މީހުންގެ އާދައެއް: ޓޮމް

އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުގައި ކުނި އެޅުން މަނާކުރަން އެންގުމަށް ޖަހާފައިވާ ސައިން ބޯޑުތަކުގެ ތެރެއިން ބޯޑެއް ހަލާކުކޮށްފައިވާ ފޮޓޯއެއް ސޯޝަލް މީޑިޔާގައި ދައުރުވަމުން ދިއުމާއި ގުޅިގެން އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔާރ އަބްދުﷲ ތޮއްޔިބް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ބޯޑު ހަލާކުކޮށްލި ފޮޓޯއާއި ގުޅިގެން ޓޮމް ވިދާޅުވެފައިވަނީ ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުމަކީ އައްޑޫ ރައްޔިތުންގެ އާދައެއް ކަމަށެވެ. މިފަދަ ކަންކަން ތަކުރާރު ވަމުންދަނީ ގަވާއިދު ތަންފީޒު ކުރަން ތިބި ބޭފުޅުން ފެއިލްވެފައިވާތީ ކަމަށްބުނެ ޓޮމް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އައްޑޫ ސިޓީގައި އާންމުކޮށް ގެއްލުން ދެވޭ ތަކެތީގެ ތެރޭގައި އެކިއެކި ވިޔަފާރިތަކުން ހަރުކުރާ އިޝްތިހާރު ތަކާއި ސްޕީޑު ބްރޭކަރު އޮތްކަން އަންގައިދިނުމަށް ޖަހާ ސިގުނަލްތަކުގެ އިތުރުން މިފަދަ ބޯޑުތައް ހިމެނެއެވެ.

މިފަދަ ރައްޔިތުންގެ މުދަލަށް ގެއްލުންދޭ މައްސަލަތައް ގިނަވެފައިވިނަމަވެސް މިފަދަ ކަމަކާއި ގުޅިގެން ބަޔަކު ހައްޔަރުކޮށް ދެވެންޖެހޭ އަދަބެއް ދޭތަނެއް ދުވަހަކުވެސް ފެނިގެންގޮސްފައިނުވެއެވެ.