Last Updated: June 27, 18:15
Saturday, June 27, 2026
ޚަބަރު

އެމެރިކާ އިންޒާރަށް އިރާނުގެ ރައްދު: ތަޖުރިބާ ނެތް މީހެއްގެ 'ބޭކާރު' ބަސްތަކަށް ސަމާލުކަމެއް ނުދެވޭނެ

މިދިޔަ ޑިސެމްބަރު މަހުގައި އިރާނުން ޓެސްޓުކުރި މިސައިލެއް: ފޮޓޯ - ބީބީސީ

އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް އިރާނަށް ފޮނުވި އިންޒާރުގެ ބަސްތަކަށް އެގައުމުން ރައްދުދީފިއެވެ.

ޓްރަމްޕް އިއްޔެ ކުރި ޓުވީޓެއްގައި އިރާނުން އަލިފާނާއި ނުކުޅުމަށާއި ކުރީގެ ރައީސް އޮބާމާ ގޮތަށް އޭނާ އަކީ ހިތްހެޔޮ މީހެއް ނޫން ކަމަށް ބުނެފައިވެއެވެ.

އިރާނުން ރައްދުގައި ބުނެފައިވަނީ ތަޖުރިބާއެއް ނެތް މީހެއްގެ 'ހުސް އަނގަ' އަކަށް ދޭނެ ސަމާލުކަމެއް ނެތް ކަމަށެވެ. އެމެރިކާއިން އިރާނަށް އިންޒާރު ދީފައިވަނީ މިސައިލެއް ޓެސްޓު ކުރުމުންނެވެ.

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމެންޓުގެ ޗީފް ޖޯން ސްމިތް ބުނެފައިވަނީ އިރާނުން ކުރިއަށް ގެންދާ ޓެރަރިޒަމްގެ އަމަލުތަކަކީ އެސަރަހައްދަށް ވެސް އޭގެ ނުރައްކާތެރިކަން ފޯރަމުންދާ ކަމެއް ކަމަށެވެ. އެމެރިކާއަށް އަންނަ އިންޒާރެއް ވަރަށް ސީރިއަސްކޮށް ބެލެވޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.