Last Updated: June 30, 21:11
Tuesday, June 30, 2026
މުނިފޫހިފިލުވުން

އަކްޝޭ އަލަށް ވަކީލެއްގެ ރޯލުން

ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރްގެ 25 އަހަރުގެ ކެރިއަރުގައި މީގެ ކުރިން ދުވަހަކުވެސް ވަކީލެއްގެ ރޯލު ފިލްމެއްގައި ކުޅެފައި ނުވެއެވެ.

ސުބާޝް ކަޕޫރްގެ "ޖޯލީ އެލްއެލްބީ 2" އިން ފަނޑިޔާރެއްގެ ރޯލުން އަކްޝޭ ފެނިގެންދާނީ ފުރަތަމަ ފަހަރަށެވެ. މީގެ އަށް އަހަރު ކުރިން އަކްޝޭ ސިނެމާއަށް ކޮށްދޭ ޚިދުމަތާއި އާންމު ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކެނެޑާގެ އޮންޓޭރިއޯ ގައި ހުންނަ ޔުނިވާސިޓީ އޮފް ވިންޑްސާ އިން ވަނީ އޭނާއަށް ވަކީލުކަމުގެ ސަނަދު (އޮނަރަރީ ޑޮކްޓަރޭޓް އޮފް ލޯ) އަރުވާފައެވެ.

ޖަގްދީޝްވަރް މިޝްރާ (ޖޯލީ) ގެ ރޯލުން އަކްޝޭ ފެނިގެންދާއިރު، އޭނާ ވަނީ އެރޯލަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.

ފޮކްސް ސްޓާ ސްޓޫޑިއޯސް އިން ޕްރޮޑިއުސް ކުރާ މިފިލްމް ރިލީޒް ކުރެވޭނީ ފެބްރުއަރީ 10 ވަނަ ދުވަހުއެވެ.