ބޭނުންވާ އެއްޗެހި
2 ޖޯޑް ފުށް
2 ބިސް
2 ސައިސަމުސާ ވެނީލާ އެސެންސް
1 ޖޯޑް ދޮންކެޔޮ (ޗަސްކޮށްފައި)
6 ވޮލްނަޓް (ކުދިކޮށް ކޮށާފައި)
2 ސައިސަމުސާ ކޮފީ ޕައުޑަރު
2 ޖޯޑް ކާސްޓާ ޝުގާ
100 ގްރާމް ބަޓަރު (ވިރުވާފައި)
½ ޖޯޑް ކިރު
4 މޭޒުމަތީ ސަމުސާ ތެޔޮ
10 އެލްމަންޑް (ކޮށާފައި)
ތައްޔާރު ކުރާނެ ގޮތް
1. ފުށާއި ބޭކިން ޕައުޑަރާއި އެއްކުރުމަށްފަހު، އޭގެ ތެރެއަށް ހަކުރު އަޅާފައި ރަނގަޅަށް އެއްކުރާށެވެ.
2. ބިސް، ވެނީލާ އެސެންސް، ބަޓަރު، ކިރު، ވޮލްނަޓް، އަލްމަންޑް، ހިކި މޭބިސްކަދުރު، ކޮފީ އަދި ޗަސްކޮށްފައި ހުރި ދޮންކެޔޮ ފުށުގެ ތެރެއަށް އަޅާފައި ހުރިހާ އެއްޗެއް އެއްކޮށް މިކްސް ކޮށްލާށެވެ.
3. އެއަށްފަހު ކޭކް ޓްރޭއެއްގައި މާޖިރިން ނުވަތަ ބަޓަރު ނުވަތަ ތެޔޮ ފޮދެއް ހާކާފައި އޭގެ ތެރެއަށް މިކްސް އެއްކޮށް އަޅާލާށެވެ.
4. 180 ޑިގްރީ ސެލްސިއަސް އަށް ޕްރިހީޓް ކޮށްފައި ހުރި އަވަނަކަށް ޓްރޭ ލާށެވެ.
5. 25-35 މިނެޓް އަށް ނުވަތަ ރޯފިލަންދެން ކޭކް ފިހާށެވެ. އަވަނުން ނެގުމަށްފަހު ފިނި ކުރާށެވެ.
6. ސައި ނުވަތަ ކޮފީ އާއިއެކު ކޭކް ފަރިއްކުޅުއްވާށެވެ.