Last Updated: June 26, 20:28
Friday, June 26, 2026
ވިޔަފާރި

ފުވައްމުލަކަށް ސެލްފް ސާވިސް ބޭންކިން ޔުނިޓެއް

ބޭންކް އޮފް މޯލްޑިވެސްގެ 20 ވަނަ ސެލްފް ސާވިސް ބޭންކިންގ ޔުނިޓް ޑެޕިއުޓީ ސީއީއޯ އިފްތިތާހު ކޮށްދެއްވަނީ- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ 'އަހަރެންގެ ބޭންކް' ކެމްޕެއިނުގައި ފުވައްމުލަކުގައި ސެލްފް ސާވިސް ބޭންކިންގ ޔުނިޓެއް ގާއިމް ކޮށްފިއެވެ.

ބީއެމްއެލްގެ ފުވައްމުލަކު ބްރާންޗުގައި މިއަދު ބޭއްވި ހަފްލާއެއްގައި ސެލްފް ސާވިސް ބޭންކިންގ ސިޓީއަށް ތައާރަފް ކޮށްދެއްވީ ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފެވެ. މިހަފްލާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވެފައިވަނީ ފުވައްމުލަކަކީ ރާއްޖޭގައި އާބާދީގެ ގޮތުން އެންމެ ބޮޑު އެއް ރަށް ކަމަށް ވުމާއެކު މިފަދަ ޚިދުމަތް ފުޅާކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ދާދި ފަހުން އައްޑޫ ސިޓީގައި ބޭއްވުނު ސެލްފް ސާވިސް ބޭންކިންގ ޔުނިޓު ފަދައިން ފުވައްމުލަކުގައި ގާއިމް ކުރެވުނު ޔުނިޓުންވެސް ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމައު ކުރުމާއި ޗެކް ޖަމައުކުރުމުގެ ޚިދުމަތް އާންމު ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ލިބިގެންދާނެއެވެ.

މި ޔުނިޓާއެކު ރައްޔިތުން ބޭންކަށް ގޮސް ގިނަ އިރުތަކެއް ބޭންކުގައި ހޭދަކުރުމުގެ ބަދަލުގައި ކޮންމެ ވަގުތެއްގައިވެސް ފައިސާ ޖަމައު ކުރުން ނުވަތަ ޗެކް ޖަމައުކުރުމުގެ ޚިދުމަތް ތަނަވަސްވެގެން ގޮސްފައިވެއެވެ.

މިއީ ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގައި ހުޅުވި މިފަދަ 20 ވަނަ ސެލްފް ސާވިސް ބޭންކިންގ ޔުނިޓެވެ.