ދިލްޝާދު ކުލިނިކް ކުރިން ހިންގަމުން އައި މަޝްހޫރު ޑރ. މެނަން އައިއެމްޑީސީ އަށް ބަދަލުވެ އެތަނުގައި މިއަދު ބަލިމީ ހުން ބަލަން ފަށައިފި އެވެ.
މިދިޔަ ޖެނުއަރީ 25 ވަނަ ދުވަހު އައިއެމްޑީސީ އާ ގުޅުނު މެނަން މިއަދު ބަލި މީހުން ބަލަން ފެށުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ގޮސްފަ އެވެ.
ފަންސަވީސް އަހަރަށް ވުރެ ގިނަ ދުވަހު އަމިއްލަ ކުލިނިކެއް ހިންގި ޑރ. މެނަން އަކީ އައްޑޫ މީހުންގެ މެދުގައި ވަރަށް މަގްބޫލް ޑޮކްޓަރެކެވެ. އަދި މިއަދު އޭނާގެ ހިދްމަތް ބޮޑު ހޮސްޕިޓަލަކުން ލިބުނު އިރު އާސަންދުގެ ދަށުން އޭނާ އަށް ދެއްކޭ ގޮތް ވަނީ އައިއެމްޑީސީން ހަމަޖައްސާފަ އެވެ.
އެހެންވެ ގިނަ އަދަދެއްގެ ބަޔަކު އޭނަ އަށް ދައްކަން މިއަދު އެކަނިވެސް އައިއެމްޑީސީ އަށް ވަނީ ގޮސްފަަ އެވެ.
ޑރ. މެނަން ގެ އިތުރުން ކުރިން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވި ޑރ. ޝަހީދު ވެސް އަންނަނީ މި ހޮސްޕިޓަލުގައި ބަލި މީހުންނަށް ފަރުވާ ދެމުންނެވެ.