ސްޕެނިޝް ލަލީގާގައި ރޭ ބާސާ އަދި ބިލްބާއޯ ބައްދަލުކުރި މެޗު 0-3 އިން ކާމިޔާބުކޮށް އެއްވަނައިގައި އޮތް ރިއަލްއާއި އެއް ޕޮއިންޓަށް ޖެހިލައިފިއެވެ.
ރޭގެ މެޗުގައި މެސީ ވަނީ އަނެއްކާވެސް ހިލޭ ޖެހުމަކުން ގޯލެއް ޖަހާފައެވެ. މިގޯލާއެކު އޭނާ ވަނީ ބާސާގައި އެންމެ ގިނަ ހިލޭ ޖެހުން ކާމިޔާބުކުރި ކުޅުންތެރިޔާގެ ރިކޯޑުވެސް 27 ގޯލާއެކު މުގުރާލާފައެވެ.
މެޗުގެ ފުރަތަމަ ގޯލު 18 ވަނަ މިނެޓުގައި ޖަހާފައިވަނީ ޒުވާން ކުޅުންތެރިޔާ އަލްކަސާރެވެ. އޭނާގެ ގޯލާއެކު ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް މެސީގެ ރިކޯޑު މުގުރާލި ގޯލު ފެނިގެން ގޮސްފައިވަނީ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށެވެ.
ބާސާގެ ފަހު ގޯލު 67 ވަނަ މިނެޓުގައި ޖަހާފައިވަނީ އެލެކްސް ވިޑާލްއެވެ. މިމެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ބާސާ އޮތީ ރިއަލްގެ ފަހަތުގައި 46 ޕޮއިންޓާއެކުއެވެ. ރިއަލް، ބާސާއަށްވުރެ ދެ މެޗު މަދުން ކުޅެ ލިބިފައިވަނީ 46 ޕޮއިންޓެވެ. ރިއަލް އާއި ސެލްޓަ ވީގޯ މިރޭ ބައްދަލުކުރާ މެޗު ރިއަލް އަށް ކާމިޔާބު ކުރެވިއްޖެނަމަ ލީޑު ހަތަރު ޕޮއިންޓަށް ފުޅާކުރެވޭނެއެވެ.