Last Updated: June 27, 18:15
Saturday, June 27, 2026
ޚަބަރު

އެސްއޯއެފްގެ 160 މިލިޔަން ރުފިޔާގެ މައްސަލަ ބޭރުކޮށްލައިފި

އެމްއެމްޕީއާރުސީ އިން އެސްއޯއެފް ކުންފުންޏާއި ދެކޮޅަށް 160 މިލިއަން ރުފިޔާ ހޯދުމަށް ކުރި ދައުވާ އެސްއޯއެފް ކުންފުނިން ކޯޓަށް ހާޒިރު ނުވުމުން މައްސަލަ ބޭރުކޮށްލައިފިއެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގާތްގުޅުމެއް އޮތް އެސްއޯއެފް ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މުހައްމަދު އައްލާމް ލަތީފަކީ ސަރުކާރުން އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް އިންޓަޕޯލްއަށް އަންގާފައިވެސްވާ މީހެކެވެ. ކުރިން ކޯޓުން އެސްއޯއެފްގެ ފަރާތުން ކޯޓަށް ހާޒިރުނުވާނަމަ ޣައިރު ހާޒިރުގައި ހުކުމް ކުރާނެ ކަމަށް ވަނީ އަންގާފައެވެ. ނަމަވެސް މައްސަލައިގެ މިއަދު ބޭއްވުނު ޝަރީއަތަށް ކުންފުނީގެ ފަރާތުން މީހަކު ހާޒިރު ނުވުމުން ކޯޓަށް ލިބިދޭ ބާރުން މައްސަލަ ގާޒީ ވަނީ ބޭރުކޮށްފައެވެ.

އެމްއެމްޕީއާރްސީ އިން އެސްއޯއެފްއާއި ދެކޮޅަށް ކޮށްފައިވަނީ ދެ ކުންފުނީގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން އެސްއޯއެފް އިން އެމްއެމްޕީއާރްސީ އަށް ދޭން ޖެހޭ 158 މިލއަން ރުފިޔާ އަދި ހަ މިލިއަން ރުފިޔާ ދީފައި ނުވާތީ އެފައިސާ އަނބުރާ ހޯދުމަށެވެ.

ދިވެހި ތާރީޚުގައިވެސް މިފަދަ ހާމަކަން ބޮޑު ގޮތަކަށް މިފަދަ ގިނަ އަދަދެއްގެ ފައިސާއިން ސަރުކާރުގެ އިސް މަގާމުގައި ތިއްބެވި ބޭފުޅުން ޚިޔާނާތްތެރިވެފައިވާއިރު ރައްޔިތުންގެ ފައިސާ އަނބުރާ ހޯދުމަށް ސަރުކާރުން ވަނީ ނުކުޅެދިފައެވެ. ރައީސުލްޖުމުހޫރިއްޔާ ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅާ ސަރުކާރުގެ ފައިސާއިން ޚިޔާނާތްތެރިވެފައިވަނީ އެމަނިކުފާނަށް ނޭނގިކަމަށެވެ.