Last Updated: June 30, 21:11
Tuesday, June 30, 2026
މުނިފޫހިފިލުވުން

"ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ އާ ފިލްމުގެ ޓްރެއިލާ މިއޮތީ

'ޕައިރޭޓްސް އޮފް ދަ ކެރީބިއަން: ޑެޑް މެން ޓެލް ނޯ ޓޭލްސް' ގެ އެކްސްޓެންޑެޑް ޓްރެއިލާ ރިލީޒް ކޮށްފިއެވެ.

'ޕައިރޭޓްސް އޮފް ދަ ކެރީބިއަން' ފްރެންޗައިޒްގެ ފަސްވަނަ ފިލްމުގެ އެންމެ ފަހުގެ ޓްރެއިލާގައި ޖޯނީ ޑެޕް އަނެއްކާވެސް 'ކެޕްޓަން ޖެކް ސްޕެރޯ' ގެ ރޯލުން ފެނިގެން ދެއެވެ. ސުޕާ ބައުލްގައި ރިލީޒް ކުރެވުނު މިޓްރެއިލާ އަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައި ވާއިރު، އެފިލްމްގެ ރިލީޒް އަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.

އެކްސްޓެންޑެޑް ޓްރެއިލާގައި ޖޯނީ ކޭޝް ކިޔާފައިވާ ލަވަ ކަމަށްވާ "އެއިންޓް ނޯ ގްރޭވް" ގެ އަޑުއިވިގެން ދެއެވެ. އަދި ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ޝަޚްސިއްޔަތު 'ކެޕްޓަން ޖެކް ސްޕެރޯ' ގެ ރޯލުން ޖޯނީ ޑެޕްވެސް މިޓްރެއިލާ އިން ފެނިގެން ދެއެވެ.

ޑެޕްގެ އިތުރުން މިފްރެންޗައިޒްގެ ފިލްމްތަކުން ކުރިންވެސް ފެނިގެން ގޮސްފައިވާ އެކްޓަރު ޖިއޮފްރީ ރަޝް އަނެއްކާވެސް 'ކެޕްޓަން ބާބޯސާ' ގެ ރޯލުން ފެނިގެން ދާނެއެވެ.

މިފިލްމް ތިއޭޓަރު ތަކުގައި އެޅުވުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ މެއި މަހުގެ ފަހު ކޮޅުއެވެ.