އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަދި އާސެނަލް ބައްދަލުކުރި މެޗުން ބަލިވުމާއި ގުޅިގެން އާސެނަލްގެ ވައިސް ކެޕްޓަން ކޮސިއެލްނީ ވެންގާ ނެގި ޓީމާ މެދު ސުވާލުއުފައްދައިފިއެވެ.
ކޮސިއެލްނީ ބުނެފައިވަނީ އޭނާ ދެކޭގޮތުގައި ކޯޗު ނެގި ޓީމުގެ ސަބަބުން ޓީމެއްގެ ގޮތުގައި މެޗުގައި ނުކުޅެވޭ ކަމަށެވެ. އަދި ޗެލްސީއިން ގޯލު ޖަހާފައިވަނީ ކައުންޓާގައި ކަމަށްވެސް ކޮސިއެލްނީ ބުނެފައިވެއެވެ.
ބްރިޖްގައި ޗެލްސީ އަތުން ބަލިވުމާއެކު މިސީޒަނުގެ ތަށި ނެގުމުގެ ފުރުސަތު އާސެނަލްއަށް ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
"އަދިވެސް ތަށްޓަށް ވާދަކުރެވޭނެ. ނަމަވެސް މިހާރު އޮތީ ވަރަށް ހަނި ޖާގައެއް ކަން ގަބޫލު ކުރަން ޖެހޭ. އާސެނަލް ޖެހޭ ރަނގަޅުކުރަން. އަވަސް ޕާސްތައް ކުޅެ ލިބޭ ފުރުސަތުތައް ނިންމުން މުހިއްމު." ކޮސިއެލްނީ ދިން އިންޓަވިއުގައި ބުނެފައިވެއެވެ.
ޗެލްސީ މެޗުން ބަލިވެ އާސެނަލް ސަޕޯޓަރުން ވަނީ ބައިބައި ވެފައެވެ. އެއްބަޔަކު އަދިވެސް ވަފާތެރިކަމާއެކު އާސެން ވެންގާ ދިފާއު ކުރާއިރު ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އޭނާގެ އިސްތިއުފާއަށް ގޮވާލާފައެވެ.