Last Updated: April 30, 17:11
Wednesday, April 30, 2025
ތިމާވެށި

އެންޓާޓިކާގެ އައިސް ޝެލްފެއް ބުރިވުމާއި ގާތްވަނީ

އެންޓާޓިކާގެ ހަތަރުވަނައަށް އެންމެ ބޮޑު އައިސް ޝެލްފްގައި ރެނދެއް ލައި، ދެފަޅިވެދާނެ ކަމުގެ ބިރު ހީވާން ފަށައިފިއެވެ.

ފާއިތުވެދިޔަ ދެމަސްތެރޭ 27.4 ކިލޯމީޓަރުގެ ދިގުމިނަށް ރެނދު ގޮސްފައިވެއެވެ. ސައިންޓިސްޓުން ލަފާ ކުރާގޮތުގައި މި ބާރުމިނުގައި ޝެލްފު ބުރިވަމުން ދާތީ މާ ގިނަ ދުވަސްތަކެއް ނުވެ ޝެލްފް އެއްކޮށް ބުރިވެ ހިނގައިދާނެއެވެ.

އަހަރަކަށް ފަހު އަހަރެއް ދުނިޔެ ހޫނުވަމުންދާއިރު ސައިންޓިސްޓުން ބުނެފައިވާ ގޮތުގައި ހޫނު ވަނީ ރެނދު މިހާ އަވަހަށް ފުޅާ ވަމުންދާ ދިއުމުގެ އަސްލަކަށް ވެފައިކަމަށެވެ.

ސްވެންސީ ޔުނިވާސިޓީގައި މޫސުމަށް އަންނަ ބަދަލުތައް ދިރާސާ ކުރާ ޕްރޮފެސަރަކު ބުނެފައިވަނީ ކުރިއަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި ޝެލްފު އެއްކޮށް ބުރިވެގެން ދާނެ ކަމަށެވެ.

މިފަދަ އައިސް ގަނޑުތަކަކީ ކަނޑުގައި އުފުލެމުންދާ އައިސްތަކުން އުފެދޭ އައިސް ގަނޑުތަކެވެ. އައިސްގަނޑުތައް ބުރިވާން ދިމާވާ އެންމެ ބޮޑު ސަބަބަކީ ދުނިޔެ ހޫނުވެ ކަނޑުތައް ހޫނުވުމެވެ. އައިސް ޝެލްފް ބުރިވުމާއެކު ގަނޑެއްގެ ގޮތުގައި ކަނޑުގައި އޮތުމުގެ ފުރުސަތު ކުޑަ ވެގެންދާނެ ކަމަށް ސައިންސުވެރިން ބުނެފައިވެއެވެ.