Last Updated: June 30, 19:07
Tuesday, June 30, 2026
މުނިފޫހިފިލުވުން

ސޮނާކްޝީ އަނެއްކާ ވެސް ރާއްޖެ އަށް

2010 ވަނަ އަހަރުގެ ހިޓް ފިލްމް "ދަބަންގް" އިން ބޮލީވުޑް އަށް ތަޢާރަފް ވެގެންދިޔަ މަޝްހޫރު އެކްޓްރެސް ކަމަށްވާ ސޮނާކްޝީ ސިންހާ ރާއްޖެ އަތުވެއްޖެއެވެ.

އޭނާ ރާއްޖެ އައިސްފައިވަނީ ޗުއްޓީ ހޭދަކޮށްލަން ކަމަށް މަޢުލޫމާތު ލިބެއެވެ.

އެގޮތުން ސޮނާކްޝީ ވަނީ ރާއްޖޭގައި އޭނާ ނަގާފައިވާ ސެލްފީ (ނަފްސީ) އެއް އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފައެވެ.

2015 ވަނަ އަހަރުވެސް ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ރާއްޖެ އައި ސޮނާކްޝީ މިއަހަރު ޗުއްޓީ ހޭދަ ކުރަނީ ކޮކޯ އައިލޭންޑް ރިސޯޓްގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ބޮލީވުޑްގެ މަޝްހޫރު އަންހެން ތަރިންގެ ފިލްމް ތަކަށް ލިބިފައިވާ އާމްދަނީ އަށް ބަލައި ހަދާފައިވާ އެންމެ ކާމިޔާބު 10 އަންހެން ތަރިންގެ ލިސްޓުގައި ސޮނާކްޝީ ހިމެނެއެވެ. އޭނާއަކީ ކުރީގެ ގިނަ ފިލްމްތަކެއްގައި އެކްޓް ކޮށްފައިވާ ވެޓްރަން އެކްޓަރު ސަތުރުގަން ސިންހާ (ސަތުރޭ) ގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ.