މިއަދު އައިޖީއެމްއެޗް ގައި ފަރުވާ ދެމުން ދަނިކޮށް ޙުކުމް ތަންފީޒް ކުރަމުންދިޔަ ޤައިދީއަކު މަރުވެއްޖެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މަރުވެފައިވަނީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ޙުކުމް ތަންފީޒް ކުރަމުން ދިޔަ އުމުރުން 51 އަހަރުގެ މީހެކެވެ. އެއީ ސ.ފޭދޫ ސްނޯ ވައިޓް، ހަސަން ސައީދު އެވެ.
އެމީހާ މަރުވެފައި ވަނީ ރޭ ދަންވަރު މޭގައި ރިއްސާތީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނޭވާ ނުލެވުމުގެ ސަބަބުން މެޝިންގެ އެހީގައި ނޭވާލެއްވުމަށް މަސައްކަތް ކުރުމަށްފަހު، އިތުރު ފަރުވާ އަށް އައިޖީއެމްއެޗް އަށް ގެނެސް އައިސީޔޫ ގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރުފަހު 14:30 ހާއިރު ކަމަށް ސަން އޮންލައިން ނޫހުން ރިޕޯޓް ކުރެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ހަސަން ސައީދަކީ 19 ޖެނުއަރީ 2016 އިން ފެށިގެން 15 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒް ކުރަމުން ގެންދިޔަ މީހެކެވެ.
އޭނާ ޖަލަށް ލުމަށް ޙުކުމް ކުރެވުނީ އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއި މެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށް ސާބިތު ވުމުންނެވެ.މި