Last Updated: June 30, 19:07
Tuesday, June 30, 2026
ޚަބަރު

ހަނގުރާމަ އަށް ދާން އުޅުނު ދިވެއްސަކު ހައްޔަރު ކޮށްފި

އައިއެސް ހަނގުރާމަވެރިން ސީރިއާގައި ހަރަކާތްތެރިވަނީ - ފޮޓޯ: ގެޓީ އިމޭޖެސް

ސީރިއާގެ ދާޚިލީ ހަނގުރާމާގައި ބައިވެރިވުމަށް ސީރިއާ އަށް ދާން އުޅުނު ދިވެއްސަކު ތުރުކީ އިން ހައްޔަރު ކޮށް ރާއްޖެ ގެނެސްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ މާލޭގައި ދިރިއުޅެމުން ދިޔަ ގެ ބަލައި ފާސް ކުރުމަށްޓަކައި ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަނެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ސީރިއާގައި ކުރަމުންދާ ދާޚިލީ ހަނގުރާމާގައި ބައިވެރިވުމަށް ވަރަށް ގިނަ އަދަދެއްގެ ދިވެހިން މިހާރުވެސް ސީރިއާ އަށް ގޮސްފައި ވާއިރު، އޭގެ ތެރެއިން ބައެއް ދިވެހިން ވަނީ މަރުވެސް ވެފައެވެ.

ރާއްޖޭގައި މިހާރު ޢަމަލު ކުރާ ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން ހަނގުރާމައަށް ދާ މީހުން ހައްޔަރު ކުރުމުގެ ބާރު ދިވެހި ފުލުހުންނަށް ވަނީ ލިބިފައެވެ.