Last Updated: June 25, 23:09
Thursday, June 25, 2026
ސިޔާސީ

މިއަދަކީ އައްޑު އަށް ޓެރަރިސްޓް ހަމަލާ ދިން ދުވަސް: ބޮއްކާ

މިއަދަކީ އައްޑު އަށް ދިން އެންމެ ބޮޑު ޓެރަރިސްޓް ހަމަލާ ދިންތާ 5 އަހަރު ފުރޭ ދުވަސްކަމަށާއި އެފަދަ ކަމަކަށް ދެން ފުރުސަތުނުދޭނެ ކަމަށް ފޭދޫ ދާއިރާއަށް ކުރިމަތިލާފައިވާ ޕީޕީއެމް ކެންޑިޑޭޓް އަލީ ހަނީޒް (ބޮއްކާ) ބުނެފިއެވެ.

"އައްޑޫ ޔަގީން" ނަމުގައި ލޯކަލް ކައުންސިލް އިންތިހާބްގައި ވާދަކުރާ ކެންޑިޑޭޓުންނާއި އެކު ބޭއްވި ހަފްލާގައި އަލީ ބޮއްކާ ބުނީ އައްޑޫގައި ހުޅުޖަހައި ގެއްލުން ދިން މީހުންނަށް ދުވަހަކުވެސް މައާފުނުކުރާނެކަމަށެވެ.

އޭނާ ބުނީ މި ސަރުކާރުން އައްޑޫއަށް ހާއްސަ އިސްކަމެއްދީގެން ތަރައްޤީ ކުރަމުން އަންނަ ކަމަށާއި ޒުވާނުން ތިބީ ހިތްހަމަޖެހިގެންކަމަށެވެ.

ބޮއްކާ ބުނީ އޭނާ ކައުންސިލަށް ކުރިމަތިލީ، ވަޒީފާގެ ބޭނުމެއްގައި ނޫންކަމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމަށްކަމަށެވެ. އެކަން ފޭދޫގެ ގިނަ ޒުވާނުން ދަންނާނެކަމަށް ބުންޏެވެ.