އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބެއް ކަމަށްވާ ލިވަޕޫލް ފުޓްބޯލް ކްލަބު ގަތުމަށް ހުށައެޅުމުން އޭނާ ވަނީ ހުށައެޅުން އަނބުރާ ފޮނުވާލާފައި ކަމަށް ޚަބަރު ފެތުރެން ފަށައިފިއެވެ.
ލިވަޕޫލްގެ މަސްއޫލުވެރިން ކަމަށްވާ ޓޮމް ހިކްސް އަދި ޖޯޖް ގިލެޓް ވަނީ ކުލަބުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދަތިތަކެއް ދިމާވެ ގެއްލުންވާން ފެށުމުން 2010 ވަނަ އަހަރު މައިކްރޮސޮފްޓްގެ ބާނީ ބިލް ގޭޓްސް އަދި ނިއު އިންގްލެންޑް ޕެޓްރިއޮޓްސްގެ ރޮބާޓް ކްރާފްޓަށް ކުލަބު ގަތުމަށް ހުށައަޅާފައެވެ.
ދުނިޔޭގެ އެކިކަންކޮޅު ތަކުން މުއްސަނދިންނަށް ކުލަބު ގަތުމަށް ބާކްލޭސް ލިވަޕޫލްގެ އޯނަރުން ވަނީ ހުށައަޅާފައެވެ. ކޯޓުގައި ހިނގަމުންދާ ހިކްސް އަދި ގިލެޓްގެ މައްސަލައެއްގައި މި މައުލޫމާތު ލީކުވެފައިވާއިރު އެފަރާތުން މިވާހަކަ ދޮގުކޮށްފައެއް ނުވެއެވެ.
ނިއު ޔޯކް ވެންޓުއާސް ވަނީ 2010 ވަނަ އަހަރު 300 މިލިއަން ޕައުންޑަށް ކުލަބު ގަނެފައެވެ.